އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފަ: އާދަމް ޝަރީފު

މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފަ: އާދަމް ޝަރީފު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ވިދާޅުވެއްޖެއެެވެ.

ވީ މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގަނަައުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އައިލެންޑު އޭވިއޭޝަން އަދި އެހެންވެސް ކުންފުނިތައް އޮތީ ބަންގުރޫޓުވުމާއި ދިމާއަށް މިސްރާބް ޖަހާފައިވާ ކަމަށެވެ. އެހެންނަމަވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ފަހިކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކުންފުނިތަކަށް މިވަރުގެ ކުރިއެރުންތައް އަންނާނެ މަގު ފަހިވެގެން ދިޔުމަކީ ރައީސުލްޖުމްހުރިއްޔާ މުޙައްމަދު މުޢިއްޒުގެ ސިޔާސީ ވިސްނުންފުޅާއި، އެމަނިކުފާނުގެ އިޤްތިސާދީ ސިޔާސަތު ހީނުކުރާހާ ހަރުދަނާވެ، ވަރަށް ބޮޑު އުއްމީދުތަކެއް ލިބިގެންދިޔަ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގައި އިންވެސްޓުކުރަން ތިބި ފަރާތްތަކަށްވެސް ފެންނަމުންދަނީ ހަޤީގީ މާނައިގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުވެގެންދާ މަންޒަރުކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު