އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ބައިވެރިވާ ކުޑަކުދިންގެ ދުވަހަށް ހާއްސަ "އުފާ ފެސްޓިވަލް" މާދަމާ ފަށަނީ

އުރީދޫ ބައިވެރިވާ ކުޑަކުދިންގެ ދުވަހަށް ހާއްސަ "އުފާ ފެސްޓިވަލް" މާދަމާ ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

އުރީދޫ މޯލްޑިވްސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ހެޗް.ޑީ.ސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2 ދުވަހަށް ދެމިގެންދާ ފެސްޓިވަލެއް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. "އުފާ ފެސްޓިވަލް" ކުރިއަށްދާނީ 10 އަދި 11 މޭ 2024ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން 10ށެވެ.

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ މަގުސަދުގައި ބޭއްވޭ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ މަޖާ ކުރެވޭގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނެއެވެ.

އުފާ ފެސްޓިވަލުގައި އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ އުރީދޫގެ ފަރާތުން ބާއްވާ ފެންކުޅި އަދި ފޯމް ޕާޓީއެވެ. އަމިއްލަ ފެންބަޑި ހިފައިގެން އައިސް 11 ވަނަ ދުވަހު ހަވީރު 4އަކާއި 6ކާ ދޭތެރޭ މި މަޖަލުގައި ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.

އުރީދޫގެ ފަރާތުން މި ފެސްޓިވަލުގައި 11 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު މޫވީ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައިވަނީ "ވުޑީ ވުޑްޕެކަރ ގޯޒް ޓު ކޭމްޕް"، މި ފިލްމެވެ. ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާއާއި ރައްޓެހިންނާއިއެކު މި ހަފްތާބަންދު ހޭދަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު