އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުގެ ތެރެއިންނާއި ވުޒާރާގެ ތެރެއިން މަސައްކަތް ކުރާނަން: އާދަމް ޝަރީފު

ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުގެ ތެރެއިންނާއި ވުޒާރާގެ ތެރެއިން މަސައްކަތް ކުރާނަން: އާދަމް ޝަރީފު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުގެ ތެރެއިންނާއި ވުޒާރާގެ ތެރެއިން މަސައްކަތް ކުރާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ހާލަތު ދެނެގަތުމާއި ހުރި ދަތިތައް ހޯދުމަށް މާލެ އަތޮޅު 4 ރަށަކަށް ކުރެއްވި ދަތުރުގެ ތެރެއިން ކ. ތުލުސްދޫ ވަޑައިގެން އެރަށު ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށްފަހު ދައުލަތުގެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާއިރު، މާލީ ގޮތުން އަތޮޅު ކައުންސިލްތައް ބާރުވެރިކުރުމަށް ގުދުރަތީ ވަސީލަތެއް ލިބޭނެ ގޮތް ފަހިކުރުމަށް ކައުންސިލުން އެދިފައިވާކަމަށާއި އެހެންކަމުން މިކަން ފަހިކުރުމަށް ސަރުކާރުގެ ތެރެއިންނާއި ވުޒާރާގެ ތެރެއިން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާއިރު، މާލީ ގޮތުން އަތޮޅު ކައުންސިލްތައް ބާރުވެރިކުރުމަށް ގުދުރަތީ ވަސީލަތެއް ލިބޭނެ ގޮތް ފަހިކުރުމަށް ކައުންސިލުން އެދިފައިވާކަމަށެވެ. އެހެންކަމުން މިކަން ފަހިކުރުމަށް ސަރުކާރުގެ ތެރެއިންނާއި ވުޒާރާގެ ތެރެއިން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު