އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ރަހްމަތުގެ ބޮޑުކަމުގެ ތެރެއިން: ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފައުޅުވެ މީސްތަކުން ކަތިލައި ހައްދުފަހަނައަޅާދިއުމުން ފަންޏެއް ފޮނުއްވަވައި އެއެންމެން ނެތިކުރެއްވެވުން-: ޝައިޚް ފަރީދު

ﷲ ގެ ރަހްމަތުގެ ބޮޑުކަމުގެ ތެރެއިން: ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފައުޅުވެ މީސްތަކުން ކަތިލައި ހައްދުފަހަނައަޅާދިއުމުން ފަންޏެއް ފޮނުއްވަވައި އެއެންމެން ނެތިކުރެއްވެވުން-: ޝައިޚް ފަރީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

ޢީސާ ޢަލައިހިއްސަލާމަށް އީމާންވެގެން ހިތްހަމަޖެހިލައިގެން ދުނިޔޭގައި ވަޤުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތެއް އިންސާނުންނަށް ލިބިގެންދާނެ. އެގޮތުގާ ތިއްބާ ކުއްލިއަކަށް ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންތައް ނުކުމެގެންފާނެ ލޯފާރު ހަލާކުކޮށްލާފަ. އައްތިރްމިޛީ ވިދާޅުވަނީ ކޮންމެ ދުވަހަކުވެސް އެމީހުން ލޯފާރު ހަލާކުކޮށްލުމަށް މަސައްކަތްކުރެއޭ. މަސައްކަތް ކޮށްގެން ލޯފާރު ހަލާކުކުރަމުންކުރަމުންގޮސް ވަރަށް ތުނިވެފަ ވަނިކޮށް އިރުއޮއްސިގެން އެމީހުން ހުއްޓާލާނޭ. އެދެން ނުކުރެވޭނޭ މަސައްކަތެއް އެމީހުންނަކަށް ނޭންގޭ ތުނި ވެފަ އިންވަރެއް. އެހެންވީމަ އެމީހުން މަސައްކަތް ހުއްޓާލަނީ މާޔޫސް ވެގެން މިއަދަކު ދެން މިކަމެއް ނުވާނޭ ކިޔާފަ. އިރު އޮއްސިގެން.

އަނެއްކާ އަނެއްދުވަހުގެ މަސައްކަތް ފަށާއިރު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުން އެ ލޯފާރު ހުންނަނީ ބޯވެފަ. ހަމަ ކޮންމެ ދުވަހަކުވެސް މިމީހުން މަސައްކަތްކުރަނީ. އެހެންނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޢުދުފުޅު އަންނަ ހިނދު، އެވަގުތު އައިސް ޖެހުމުން އެމީހުން އެލޯފާރު ހަލާކުކޮށްލާފަ ނުކުމެގަންނާނެ. ނުކުމެގަނެ، ވަރަށް ނުބައި ޖައްބާރުބައެއް. ދުވަހަކު ނޫޅޭނެ ބިންމަތީގައި އެހާ ނުލަފާ ބަޔަކު. އެހެރަ ނިޔުކްލިއަރ ހަނގުރާމަ ކުރުމަށް އިންޒާރު ދެމުން ގެންދާ މީހުންތައް. އިސްލާމް ދީނުގެ ޢަދުއްވުންތައް. ޢަދާވާތްތެރިންތައް. އެމީހުން ނުވާނެ ހަމަ އެކައްޗަކަށްވެސް. ވަރަށް ނުބައި ޖައްބާރުބައެއް. އެމީހުން ނުކުމެ ޖެހުނުހާ ތާކުން މީހުންތައް މަރަމުން ގެންދާނެ.  

ﷲ ސުބުޙާނަހޫ ވަތަޢާލާ ޢީސާ ޢަލައިހިއްސަލާމަށް އަންގަވާނެ. ޠޫރު ފަރުބަދައަށް އަރުއްވަން. އެކަލޭގެފާނަށް އީމާންވި އެންމެހާ މީސްތަކުންނައިގެން. ދެން ފަހެ މީސްތަކުން ރަށްތަކުގެ ތެރެއަށް ވަދެ ތަޅުލާ ހަދާނެ. އެމީހުންގެ ކިއްލާތަކުގެ ތެރެއަށް ވަދެ އެމީހުން ރައްކާތެރިކަމުގެ ހިޔާވަހިކަން ހޯދާނެ. އަދި ޢީސާ ޢަލައިހިއްސަލާމް އެކަލޭގެފާނަށް ތަބާވި މީސްތަކުންނައިގެން ޠޫރު ފަރުބަދައަށް އަރައިވަޑައިގެންފާނެ. މި ނުބައި ނުލަފާ ޖައްބާރުންގެ ކިބައިން ސަލާމަތްވެވަޑައިގަތުމަށްޓަކައި.  

ދެންފަހެ މިމީހުން އިންސާނުންތައް ކަތިލަމުން ކަތިލަމުން ގޮސް، އެމީހުން ހިތުން އިންސާނުން ހުސްވީ. އެމީހުން ބުނާނެ މީ ބިމުގެ އަހުލުވެރިންނޭ. ދެން ބާކީ ތިބީ އުޑުގެ އަހުލުވެރިންނޭ. ދެން އެމީހުން މައްޗަށް ދުނިޖަހަން ފަށާނެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުން މައްޗަށް އެ ދިއްކުރާ އެތީގައި ނުވަތަ މައްޗަށް ފޮނުވާލާ އެތީގައި ލޭކުލަ ޖައްސަވާނެ.  އެމީހުނަށް ހައްތާ ހީވާނީ ކާމިޔާބުވީހެންތާ، އުޑުގެ އަހްލުވެރިންވެސް މިހާރު މި ޤަތުލުވަނީ ކަމަށް އެމީހުން ހީކުރާނެ އެހެންނަމަވެސް ކަންތައްވާނީ އެހެނެއްނޫން ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވާނީ ފަނިތަކެއް ފަނިތަކެއް ފޮނުއްވާ އެމީހުންގެ ކަނދުރާތަކަށް ފަނިތަކެއްފޮނުއްވާ އެމީހުންގެ އެންމެމީހަކު މަރުވާގޮތަށް ހުރިހާ މީހުން މަރުވެދާނެ.  

ދެން ކިއްލާތަކުގެ ތެރޭގާތިބި އެންމެހާ މީސްތަކުން އެމީހުން ވާހަކަ ދައްކަމުން ގެންދާނެ ކޮބާ ކަލޭމެންގެ ތެރޭން ނެއްހޭ ކުއްޖަކު، ނެއްހޭ ނުކުންނާނެ މީހަކު އެމީހުންގެ ޙާލު ބަލާލަން. ދެން ކޮންމެގޮތެއްވިއަސް ހެޔޮކަމަށް އެކަކު ނިކުންނާނެ ނިކުމެ ބަލާއިރު މީސްތަކުން ހީކުރާނީ އޭނަ ޤަތުލުވާނޭކަމަށް އެހެން ނަމަވެސް ނިކުމެ ބަލާއިރުގާ އަނހަ: ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން މިތިބީ ޤަތުލުވެފަ، އެންމެން މިތިބީ ޤަތުލުވެފަ . 

އާދެ! ﷲ ސުބްޙާނަހޫވަތަޢާލާ ދޫނިތަކެއް ފޮނުއްވަވާ އެމީހުންގެ ހަށިތައް ގެންދަވާނެ. ގެންދަވާ ވާރޭ ވެއްސަވާ އެމީހުންގެ އެކުނި ހަޑިމުޑުދާރުކަމުން މުޅިބިން ޠާހިރު ކުރައްވަވާނެ. މުޅިބިން ދޮންނަވާނެ އާދެ އެހިނދުގާ ދެން އެމީހުންގެ އުދަގުލުން ސަލާމަތްވި ކިއްލާތަކުގެ ތެރެއަށް ރައްކާތެރިކަމުގެ އައްސޭރިފަށަށް ދިޔަ އެންމެހާ މީސްތަކުންވެސް ނިކުންނާނެ، ނިކުމެގެން އެމީހުން މަސައްކަތްކުރާނީ އަނެއްކާވެސް ﷲ ގެ ދީނަށް ނަޞްރުދެވޭތޯ ﷲ ގެ ރުއްސެވުން ހޯދޭތޯ ﷲ ގެ މަތިވެރި ރަޙްމަތް ލިބިގަނެވޭތޯ އެމީހުން މަސައްކަތް ކުރާނެ އެގޮތުގާ އެމީހުން ވަޤުތުތައް ހޭދަކުރަމުންދާނެ. 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް