އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަށް ނުކައި ހުންނަން ޖެހުނަސް ތިމާކާންހުރި އެތިކޮޅު ފަޤީރަކަށް ޞަދަޤާތްކުރުން- ކިހައި މަތިވެރިކަމެއްކަން އެނގޭތަ؟

ތިމާއަށް ނުކައި ހުންނަން ޖެހުނަސް ތިމާކާންހުރި އެތިކޮޅު ފަޤީރަކަށް ޞަދަޤާތްކުރުން- ކިހައި މަތިވެރިކަމެއްކަން އެނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

އެންމެ މަތިވެރި ޞަދަޤާތަކީ ސިއްރިޔާތުގައި ފަޤީރަކު ފަޤީރަކަށް ކުރާ ޞަދަޤާތެވެ! ވީމާ ތަނަވަސްކަން ލިބެންދެން ޞަދަޤާތް ނުކޮށް ހުރުމެއް ނެތެވެ! އެމީހަކަށް ލިބުނު މިންވަރަކުން ޞަދަޤާތްކޮށް އެހީތެރިވެދޭށެވެ! ކޮންމެ މީހެއްގެ ޙާލަތުވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. 

ޞަޙާބީން އެބޭކަލުންނާއި އެބޭކަލުންގެ އަނބިދަރިން ފަރިއްކުޅުއްވަން ހުންނަ އެތިކޮޅު މެހްމާނުންނަށް ދެއްވަވާފައި ފަރިއްނުކުޅުއްވަވައި އަވަހާރަފުޅު ލެއްޕެވިކަން ހިތްމައްޗަށް ގެންނާށެވެ! އެފަދަ ކަމަކާއި ގުޅިގެން ﷲ ތަޢާލާ ވަގުތުން ތަޢްރީފްގެ ބަސްފުޅު ވަހީކުރެއްވެވިކަން އަބަދުވެސް ހަނދާންކުރާށެވެ! އެއިރުން ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ  

ރަސޫލް () ގެ އެއްވެސް ގަނޑުވަރުކޮޅެއްގައި މެހްމާނަށް ކާން ދެއްވާނެ އެއްވެސް އެއްޗެއް ނެތުމުން ޞަޙާބީންގެ އެހީތެރިވަޑައިގަތުމުން އެކަމަށް ޞަޙާބީއަކު ކުރިމަތިލެއްވެވީ ގެކޮޅުގެ ދަތިޙާލު ހުރި ގޮތް އެނގިވަޑައިގެން ހުންނަވައެވެ.  

"އަދި އެއުރެންގެ ކުރީގައި، المدينة ގައި ވަޒަންވެރިވެ، إيمان ކަމުގައި قائم ވެތިބި أنصار ން، އެއުރެންގެ ގާތަށް هجرة ކުރި مهاجر ންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: مهاجر ންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފުސްގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ."

(އަލްޙަޝްރް: 9)  

މިއަދު އަހަރެމެންނަށް ޙަދީޘްފުޅު ކުރައްވަވާކަށް ރަސޫލް () މިއަދު ދުނިޔެއަކު ނެތެވެ. ނަމަވެސް ކީރިތި ޤުރްއާނާއި ރަސޫލް )( ގެ ޙަދީޘްފުޅުތައް ހަމަ މިއޮތީ ފެންނާށެވެ. ބޭނުންވަރަކަށް ބަލައި ދަސްކުރަންވީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ޙަދީޘް:

http://fazaileamaal.com/1601_feeding_guest.htm

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް