އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާންމު ރައްޔިތުމީހާއަށް ބުރަބޮޑުވާނެ ގޮތަކަށް ނޫން ސަރުކާރުން ޓެކްސް ބޮޑުކުރިޔަސް ބޮޑުކުރާނީ!: އަޒާން

ޢާންމު ރައްޔިތުމީހާއަށް ބުރަބޮޑުވާނެ ގޮތަކަށް ނޫން ސަރުކާރުން ޓެކްސް ބޮޑުކުރިޔަސް ބޮޑުކުރާނީ!: އަޒާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

އަޅުގަނޑުމެން ވެރިކަމާ ހަވާލުވީއިރުގަ ރާއްޖޭ އޮތީ 120 ބިލިއަން ރުފިޔާއިން ދަރަނިވެރި ވެފަ. އެއީ ރައީސް އިބްރާހިމްގެ ވެރިކަމުގަ 60 ހަކަށް ބިލިއަން ރުފިޔާއިން ދަރަނިވެރިވި. އެއީ އޭގެ ކުރިން ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ޒަމާނުއްސުރެ ފެށިގެން އައިއްސަ އޮތް ދަރަންޏަށްވުރެވެސް ބޮޑު އަދަދެއް، އެންމެ 5 އަހަރުތެރޭ. ވަކިވަކި ބޮލަކަށް ޖެހޭ ނިސްބަތުން ބަލާނަމަ އެއީ ކޮންމެ ބޭފުޅެއް ތިންލައްކަ ފަންސާސް ހާސް ރުފިޔާއިން ދަރަނިވެރި ވެފަ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލޙުގެ ވެރިކަން ނިމުނު އިރު.

އެހެންމަ ކުރިއަށް މި އޮތް 2 އަހަރު 2025 އަދި 26 ގަ އެތައް އެތައް ބިލިއަން ރުފިޔާއެއް އެބަ ޖެހޭ ދަރަނީގެ ގޮތުގަ ދައްކަން. މިއަންނަ އަހަރު 7 ބިލިއަން ދައްކަން އެބަޖެހޭ. ޖެހިގެން އަންނަ އަހަރު 15 ބިލިއަން ދައްކަން އެބަޖެހޭ. އެހެންވީމަ، ކޮންމެ ގޮތެއްވިޔަސް ރާއްޖޭގެ އާމްދަނީއަށް އަހަރެއްގެ މައްޗަށް މި ލިބެނީ 33 ބިލިއަން ރުފިޔާ. ލިބޭއިރު އެ އާމްދަނީއިން ތިބޭފުޅުންގެ އާސަންދައާއި، އެންސްޕާއާއި، ތަރައްޤީގެ މަޝްރޫއުތަކާއި، ވަޒީފާގަ އުޅުއްވާ ބޭފުޅުންނަށް ތި ދެއްވާ މުސާރައާއި، މަސްވެރިންނަށް މިދޭ ފައިސާއާއި، މި ހުރިހާ ކަމެއް ޚަރަދު މި ކުރަނީ މި ފައިސާއިން. އެއަށްފަހު ދެން ކޮންމެސް ވަރެއް ބާކީ ކޮށްލައިގެން އެ ލޯނު ދައްކަން މިޖެހެނީ. 

އެހެންވީމަ، ކޮންމެގޮތެއްވިޔަސް ލޯނު ދައްކަން އަޅުގަނޑުމެން އެބަޖެހޭ މިހާރު ރައްކާ ކުރެވޭވަރަށްވުރެ އިތުރަށް ފައިސާ ރައްކާ ކުރަން. އެހެންވީމަ ބައެއް ކަހަލަ ދިމަދިމާލުން ޚަރަދު ކުޑަކުރަން ސަރުކާރުން ވަނީ ނިންމާފަ. އެއްގޮތަކަށްވެސް ރައްޔިތުންނަށް ދަތިވާނެ ގޮތަކަށް ސަރުކާރުން ކަންތައްތަކެއް ނުކުރައްވާނެ.

ދެން ޓެކްސް ބޮޑުކުރާ ވާހަކައާއި މިކަހަލަ ވާޙަކަތައްވެސް ދައްކަވާ. އެކަމު ސަރުކާރަކުން އަދި ޓެކްސް އެއް ބޮޑު ކުރާކަށް ނުވެއް ނިންމާ. އެންމެ ބޮޑަށް މި ދެކެވެނީ ޖީ.އެސް.ޓީ ބޮޑު ކުރަނިއްޔޭ. އެކަމު އެއީ ޙަޤިގީ ވާހަކައެއް ނޫން. ބައެއް ދިރާސާތަކެއް އަދި ކުރަމުން ދަނީ. ދެން ބޮޑު ކުރިއަސް ބޮޑު ކުރާނީ އިންކަމް ޓެކްސް. އެއީ އެންމެ މުއްސަނދި މީހުންގެ އަތުން، މުޖުތަމަޢުމުގަ އުޅޭ އެންމެ މުއްސަނދި މީހުންގެ އަތުން މި ނެގޭ ޓެކްސް. މިއަށްކިޔަނީ ރިސޯރޓް ހިންގާ މީހުންނާއި، ބޮޑެތި ވިޔަފާރިވެރިންނާއި މިކަހަލަ ބޮޑެތި މުސާރަތައް ލިބޭ މީހުން އަތުން ނެގޭ ޓެކްސް. ދެން ރާއްޖެ މިއަންނަ ފަތުރުވެރިން އަތުން ނެގޭ ޓެކްސްއަށް ބަދަލުތަކެއް އައިސްދާނެ. 

އެހެންމަ އެއްގޮތަކަށްވެސް އާންމު ރައްޔިތުންނަށް ދަތިވާގޮތަކަށް ސަރުކާރަކުން އެއްވެސް ކަމެއް ނުކުރާނެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ދައްކަވާފައިވާ ވާހަކަފުޅަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު