އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމުގެ އިޤްޠިޞާދު އިންތިހާއަށް ނިކަމެތިކޮށްލައި އިނދަޖައްސާލާފަ މިއޮތީ ކުރީގެ މާލީވަޒީރާ ކުންފުނިތަކުގެ ވެރިންގެވެސް ބޮޑު އިހްމާލުން!: މެންބަރު ލަޠީފް

ޤައުމުގެ އިޤްޠިޞާދު އިންތިހާއަށް ނިކަމެތިކޮށްލައި އިނދަޖައްސާލާފަ މިއޮތީ ކުރީގެ މާލީވަޒީރާ ކުންފުނިތަކުގެ ވެރިންގެވެސް ބޮޑު އިހްމާލުން!: މެންބަރު ލަޠީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 25 ސިކުންތު

މި މައްސަލައިގައި ކުރީގެ ފިނޭންސް މިނިސްޓްރީގެ ވަރަށް ބޮޑު އިހުމާލެއް އެބައޮތް. ކުންފުނިތަކުގެ ވެރިންގެ އިހުމާލު އެބައޮތް. ސަރުކާރުގެ ދައުލަތުގެ ކަމާބެހޭ މިނިސްޓްރީތަކުގެ އިހުމާލު އެބައޮތް. އިންތިހާއަށް އެބައޮތް. އެހެންވީމަ މިއަދު މިހާރު ބަހުސް ކުރަމުން މިދަނީ މި ދަރަނިތަކަށް ޒިންމާވެ މި ދަރަނިތައް އަދާކުރެވޭނެ ގޮތެއް އެބަޖެހޭ އަންނަންއޮތް ޖީލުތަކަށް ފަހިވާނެ ގޮތަކަށް ޤާނޫނު ބައްޓަން ކުރަން.

އެހެންވީމަ މިއަދު ދަރަންޏަށް ޒިންމާވާންޖެހޭ ބިލެއް ޤާނޫނަކަށް ވުޖޫދަށް ގެނައުމަށްޓަކާ އަޅުގަނޑުމެން މަސެއްކަތް މި ކުރަނީ. މިކަން މިހެން ،މި ކުރަންޖެހޭ އެންމެބޮޑު މައިގަނޑު އެއް ސަބަބަކީ މި ނިމިގެން ދިޔަ ސަރުކާރު، މި ނިމިގެންދިޔަ ސަރުކާރު މިހާ ބޮޑު ދަރަންޏެއް ރައްޔިތުންގެ ބޮލުގަ އަޅުވާފަ، ދެން ޤައުމު ހިންގައި ނުގަނެވޭ ވަރަށް މި ކަންތައްތައް ގޯހުން ގޯހަށް ގޮއްސަ މިއޮތީ. އެހެންވީމަ އެ ކަންކަން ރަނގަޅަށް ފުރިހަމަކަށް ރަނގަޅަށް މެނޭޖުކޮށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން ޤާއިމް ކުރުމަށްޓަކާ ޤާނޫނީ ގޮތުން އެ ޒިންމާ ނަގަން ދެން ކަންތައް ކުރެވޭނެ ގޮތަށް ބައްޓަން ކުރެވިގެން އަންނަ ބިލެއް މި ބަލަކީ މީ. 

މިކަމުގެ ސަބަބުން އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް މުސްތަޤުބަލުގަ އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ ޖީލަށް، މި ކުރިއަށް އޮތް ޖީލުތަކަށް ފަސޭހަ ވެގެންދާނެ. އަދި އަންނަން އޮތް ސަރުކާރެއް، އަދި އެހެން ސަރުކާރެއް އަޔަސް، ދެން އިރާދު ކުރެއްވިއްޔާ މި ނިމިދިޔަ ސަރުކާރު ޖެހިކަހަލަ ސަކަރާތެއް، ޖެހިކަހަލަ ކަންތައްގަނޑެއް ކުރި ކަހަލަ ކަންތައްތަކެއް ދެން ނުކުރެވޭނެ. އެކަން އެގޮތަށް ކުރިޔަ ނުދިނުމަށްޓަކާ ޤާނޫނީ ބާރުވެރިކަމެއް މި ގެންނަނީ މި ބިލްގެ ސަބަބުން ލިބިގެންދާނީ އިރާދުކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް، ދިވެހިންނަށް. 

ދިވެހި ރާޢްޖޭގާ މިހާރުވެސް ހެދިފަހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެ އުސޫލުން ބޭރުން ވަރަށް ގިނަ ކަންކަން ކުރެވިގެން ދިޔުމުގެ ސަބަބުން މިއަދު މި ހާލަތު ދިމާވެގެން މި އުޅެނީ. ޤައުމުގެ ހާލަތު ވަރަށް ނާޒުކު ހާލަތަކަށް މި ދިޔައީ. ފިނޭންސް މިނިސްޓަރު އަޅުގަނޑުމެންނަށް އިނގޭ ކުރީދުވަހު ރައްޔިތުންގެ މަޖްލީހަށް ހާޒިރުވެ އެމަނިކުފާނު ދެއްވި ބަޔާން. އަދި މީ މިހާރުވެސް މުޅި ރައްޔިތުންނަށް އިނގޭނެ ޤައުމުގެ ހާލަތު ވަރަށް ބޮޑަށް ވަރަށް ގޯސްވެގެން މިދަނީ، ވަރަށް ބޮޑަށް ނިކަމެތި ވެއްޖެ ރައްޔިތުން. މި ދަރަނިތައް އަދާ ކުރެވޭނެގޮތެއް ދަޢުލަތުން އެކި ގޮތްގޮތަށް ވިސްނަން އެބަޖެހޭ، ވިސްނާނެ. ވިސްނާފަ މި ދަރަނިތައް އަދާކުރަން ބަލާއިރު މީ އަދާކުރެވޭ ވަރަށްވުރެން މާ ބޮޑެތި ދަރަނިތައް އެބަހުރި. މާ ބޮޑެތި. މީ ދުވަހުން، މިއަދަކު މާދަމައަކު ނޫނީ ކުރިއަށް އޮތް ދެމަހަކުން ތިންމަހު ނޫނީ އަހަރުދުވަހު ތެރޭ އަދާކުރެވޭ ވަރަށްވުރެ މާ ގިނަ ދަރަނި، މާ ބޮޑެތި ދަރަނިތައް މީ. 

އަނެއްކާ މި ދަރަނިތައް މިހާ ދަރަނިވެގެން ދިޔައިރު އެންމެ ބޮޑު މައްސަލައަކީ މިހާ ބޮޑަށް ދަރަނިވެގެން ދިޔައީމަ މީގެ ސަބަބުން ރައްޔިތުންނަށް، ޤައުމަށް ވި ފައިދާ އަކީ. ފައިސާތަކެއްވެސް ޗާޕުކުރި. ދައުލަތުގެ ބަޖެޓުން އިންކަމްގެ ގޮތުގަ ލިބުނު ފައިސާތަކެއް ހުންނާނެ. ޓެކްސްގޮތުގަ ލިބުނު އެކިއެކި ފައިސާ ހުންނާނެ. މި ހުރިހާ ފައިސާތަކެއް ބޭނުންކޮށްގެން ޤައުމު އުފެއްދުންތެރިކަން، ނޫނީ ޤައުމުގެ ފުދުންތެރިކަން އެއްވެސް ވަރަކަށް ހިއްލިފަކާ ނެތް، ކުރިއަރާފަކާ ނެތް. މިހެންކަމުގެ ސަބަބުން ދިޔައީ ދަށަށް ގޯހުން ގޯހަށް ދިޔައީ. އެބޭފުޅުން ވިދާޅުވަމުން ދިޔައީ ތިމަންނާމެންގެ ވެރިކަމެއްގަ، ރައްޔިތުންނަށް، މަސްވެރިންނަށް، ދަނޑުވެރިންނަށް، ނިކަމެތިންނަށް، މިހެންގޮސް ވަރަށް ގިނަ ބަޔަކަށް މީގަ މަންފާތަކާ އެއްޗެހި ކުރާނެ ވާހަކަ. މީން އެއްވެސް ފަރާތަކަށް ރަނަގޅު މަންފާއެއް ހުރި އެއްވެސް ކަމެއް ކޮށް ނުދެވި އޮވެ މި 5 އަހަރު ނިމިގެން ދިޔައީ އެބޭފުޅުންނަށް. އެބޭފުޅުންގެ ޚާރިޖީ ވަޒީރު ވިދާޅުވި ބޭރުގެ ރައީސް ޔާމިނު ސަރުކާރަށްވުރެ އެބޭފުޅުން 2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށީގެން 2023 ނޮވެމްބަރަށް އެބޭފުޅުންނަށް ބޭރުގެ ހިލޭ އެހީގެ ގޮތުގަވެސް އަދި ލޯނުގެ ގޮތުގަވެސް އެތައް ބިލިއަން، އެތައް މިލިއަން ރުފިޔާއެއް ލިބުނޭ. އެހެންވީމަ ވަރަށް އުފާފާގަތިކަމެއް ދިވެހިރައްޔިތުންނަށް ދިވެހިންނަށް ލިބޭނެ. މީން އެއްވެސް ކަމެއްވެސް ވެފަކަ ނެތް. 

އަދިހަމަ އެއާ އެއްކޮށް އެބޭފުޅުން ނެތް ދިވެހި ރައްޔިތުން، ދިވެހިން ދެކިލާކަހަލަ އޭރުގެ ކުރީގެ ސަރުކާރުން އެޅި ފަދަ ބްރިޖެއް އަޅާފަކާ ނެތް. އެބޭފުޅުން އަޅަން އުޅުނީ ވިލިމާލެ ބުރިޖު. އެއޮތީ އޮތްގޮތަށް މަސައްކަތެއް ނުކުރެ.  އެބޭފުޅުން ނެތް ރާއްޖޭގެ އެއްވެސް ރަށެއް ފެނުގެ ނިޒާމުން އެބޭފުޅުން ވިދާޅުވާންޖެހޭ އެއްޗެއް އެއީ. ފެނާ ކަރަންޓާ ދެން ނަރުދަމާ ނިޒާމާއި، މިހެން ގޮސް ހުރިހާ ނިޒާމްތަކެއް ވަރަށް ރަނގަޅަށް ފުރިހަމަ ވެގެން ތަރުތީބުވެގެން ތިމަންނާމެން ސަރުކާރުން ދާނެއޭ. އެހެން ވެގެންނޭ މި ފައިސާ ޗާޕު ކުރަނީ. އެހެންވެގެންނޭ ލޯނު ނަގަނީ. އެހެންވެގެންނޭ މި ފައސާގެ މުޢާމަލާތްތައް މިހާ ފުރިހަމަވެގެންދިޔައީ. އެކަމަކު ރާއްޖޭގެ ރަށްތަކަށް ބަލާއިރު، އަތޮޅުތަކަށް ބަލާއިރު، ސިޓީތަކަށް ބަލާއިރު އެބޭފުޅުން އެބުނި އެއްވެސް ކަމެއް ފުރިހަމަ ވެފަކާ ނެތް. އެހެންމަ މިކަމުގެ ސަބަބުން ވަރަށް ބޮޑު ތަކުލީފުތަކެއް މިއޮތީ މިސަރުލާރުން އުފުއްލަން ޖެހިފަ. 

އެހެންވީމަ މިއަދުގެ މި ބަހުސްގަ މައިގަނޑު ގޮތެއްގަ މި ސަރުކާރުން މި ބިލު ޤާނޫނަކަށް ހެދުމުގެ ބޭނުމަކީ ދަރަންޏަށް ޒިންމާވެ މިކަން ރަނގަޅު މާތް މަޤްޞަދެއްގަ ކުރިއަށް އޮތްތަނުގަ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދިނުން. ނުވަތަ އަންނަން އޮތް ޖީލަށް މިކަން ކޮށްދިނުން. އެއީ މިއަދުގެ ބަހުސްގެ އެންމެ މައިގަނޑު ގޮތެއްގަ މި ހުށައެޅުމުގެ ބޭނުމަކީ.

 

 ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު