އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުން އާސަންދައާ އެންސްޕާ އިތުރަށް ކުރިއަރުވާނެ! ލީކްވަމުންދާ ލޯވަޅުތައް ބައްދާނެ!: އަޒާން

ސަރުކާރުން އާސަންދައާ އެންސްޕާ އިތުރަށް ކުރިއަރުވާނެ! ލީކްވަމުންދާ ލޯވަޅުތައް ބައްދާނެ!: އަޒާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

މިހާރު އެންމެ އާންމުކޮށް އިވޭނެ އެއް އަޑަކީ ސަރުކާރުން އުޅެނީ އާސަންދަ ކަނޑާލަންށޭ، އެންސްޕާ ކަނޑާލަންށޭ. އެއީ އެއްގޮތަކަށްވެސް ޙަޤީގީ ވާހަކައެއް ނޫން. އެފަދަކަމެއް ސަރުކާރުން ނުކުރައްވާނެ. ސަރުކާރުން މަސެއްކަތް މި ކުރަނީ އާސަންދަ، އެންސްޕާ ޚަރަދު ކުޑަކޮށް ރަނގަޅަށް ކުރިއަށް ގެންދެވޭނެގޮތަކަށް އިސްލާޙްކުރަން. 

މިހާރު ބައެއް ކްލިނިކް ތަކުންނާއި ހޮސްޕިޓަލްތަކުން އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ޗާޖުކޮށް، ސަރުކާރުގެ ފައިސާ، ތިބޭފުޅުންގެ ފައިސާ އިސްރާފު މި ކުރަނީ. އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން 100ޑޮލަރަށް ކުރެވޭ ކަންތައްތައް 800 ޑޮލަރު ޗާރޖް އެބަކުރޭ. އެހެންވީމަ މިކަހަލަ ކަންތައްތައް އިސްލާޙްކުރަމުން ދަނީ. 

ދެން އަޑުއިވޭނެ މި ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީޒް ކަނޑާލަން އުޅޭ ވާހަކަ. އެއްގޮތަކަށްވެސް އެހެން ހަދާކަށް ނޫޅެން. މިހާރު މިއޮތްގޮތުން، ކާޑުގެ ބާވަތްތަކަށް ސަރުކާރުންމިދޭ ސަބްސިޑީޒްގެ މަންފާކުރަނީ މި ރިސޯރޓްތަކަށް އަންނަ ބޭރު މީހުންނަށް، ޓުއަރިސްޓުންނަށް. ތިބޭފުޅުންނަށް ޙައްޤު އެއްޗެއް ހަމައެކަނި ސަބްސިޑީޒްއަކީ. ދިވެހިންނަށް، ދިވެހި ރައްޔިތުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދޭންޖެހޭ އެއްޗެއް. އެކަމަކު އޭގެ ފައިދާވެސް މިކުރަނީ އެހެން ބަޔަކަށް. އެހެންވީމަ އެކަހަލަ ކަންތައްތަކުން އިސްލާޙް ކުރަން މި އުޅެނީ. 

ދެން މިސާލަކަށް، އުމުރުން ދުވަސްވީ މީހުންނަށް މިދޭ 5000 ރުފިޔާ. ނޫނީ އެކިއެކި ޕެންޝަން ސްކީމް. މިކަހަލަ އެއްޗެހިންވެސް ބޮޑެތި މުއްސަނދި މަހުޖަނުންނަށްވެސް އެބަ ލިބޭ 5000 ރުފިޔާ. އެކަމަކު އެ ޙައްޤީ އަސްލު އެބޭފުޅުންނަށްވުރެ ބޮޑަށް އެ ނުލިބޭ ބޭފުޅުންނަށް ނޫންތޯ؟ އެހެންވީމަ އެގޮތަށް ސަރުކާރުން އިސްލާޙް ކުރަންމި ގަސްތުކުރަނީ. 

- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ދައްކަވާފައިވާ ވާހަކަފުޅަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު