އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

48 ގަޑިއިރުތެރޭގައި މިފްކޯއަށް ކިރާ މަހަށް ފައިސާ ދޫކުރަނީ

48 ގަޑިއިރުތެރޭގައި މިފްކޯއަށް ކިރާ މަހަށް ފައިސާ ދޫކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް މިހެން ވިދާޅުވީ މިފްކޯއަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުން ކަމަށާއި މިހާރު މަސްވެރިކަމުގެ ސިނާއަތަށް މިގެންނަ ބަދަލުތަކުގެ ތެރެއިން، ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްޤީކުރެވި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

"މިފްކޯ އަކީ ބްރޭކް އިވަންގައި ހިންގާ ކުންފުންޏަކަށް ހަދައިގެން އެކަން ވެވޭނީ، އެމަސައްކަތް މިކުރަނީ، އަމާޒަކީ މިވަގުތު މި ގެނެވޭ ބަދަލުގައި، އަމާޒަކީ 2 ހަފްތާތެރޭގައި ފައިސާ ދިނުން،" ވަޒީރު ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު