އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުރުކީވިލާތުން ކާޑު ގެންނަން ފަށައިފި

ތުރުކީވިލާތުން ކާޑު ގެންނަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ތުރުކީވިލާތުން ކާޑު ގެނެސްފައިވާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، (އެސްޓީއޯ) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެސްޓީއޯއިން ބުނީ ތުރުކީވިލާތުގެ ކާޑު ޝިޕްމެންޓެއް މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ ޝިޕްމެންޓުގައި ރާއްޖެ އެތެރެކޮށްފައިވަނީ 20،008 ފުށް ބަސްތާކަމަށެވެ. އަދި މި ކާޑުގެ ބާވަތްތައް މިހާރުވެސް ބައެއް ފިހާރަތަކުން ވިއްކަމުންދާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން މިހެން ބުނެފައިމިވަނީ ތުރުކީން ގެންނަންބުނި ކާޑުގެ ބާވަތްތައް އަދިވެސް ރާއްޖެ ނާންނަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަންޑިވަޅެއްގައެވެ.

އެސްޓީއޯއިން ބުނީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާނީ ބޭނުންވާ މިންވަރަކުން ކަމަށާއި މަޤްޞަދަކީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާޑު ހުސްނުވެ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ކާޑުގެ އެކި ބާވަތްތައް ތުރުކީވިލާތުން ގެނައުމާމެދު އެ ޤައުމާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ މިދިޔަ އަަހަރުގެ ނޮވްނެބަރު މަހުގެ ތެރޭގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު