އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
އައްޑޫ ސިޓީގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރާއި ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، އިމިގްރޭޝަންގެ ފަރާތުން އައްޑޫ ސިޓީ ފުލުހުންގެ ޚިދުމަތުގެ އިސްވެރިންނާވެސް ވަނީ ބައްދަލުކޮށްފައިވެއެވެ. އެގޮތުން އައްޑޫ ސިޓީ ކޮމާންޑަރ މުޙައްމަދު މަސްއޫދާއެކު ބޭއްވުނު ބައްދަލުވުމުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚާއްޞا އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ. މި ޕްލެޓްފޯމަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ޚާއްޞަކުރެވިފައިވާ ވަސީލަތެކެވެ.
މި މަޝްވަރާތަކުން ދޭހަވަނީ އައްޑޫ ސިޓީގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ މައްސަލައެއްކަމާއި، މި މައްސަލަ ހައްލުކުރުމަށް އެކި އިދާރާތައް ގުޅިގެން މަސައްކަތްކުރަމުންދާކަމެވެ.
Advertisement
13 އޮގަސްޓް 2024