އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: އިޢްތިދާލްގަ ކިޔާ އެދުޢާގެ އަޑު އިވިވަޑައިގަތުމުން ތިރީހަށްވުރެ ގިނަ މަލާއިކަތުން އެންމެ ކުރިން އެ ދުޢާ ލިޔުއްވެވުމަށް ވާދަކުރެއްވެވި ދުޢާ-

ހަނދުމަކޮށްދިނުމެއް!: އިޢްތިދާލްގަ ކިޔާ އެދުޢާގެ އަޑު އިވިވަޑައިގަތުމުން ތިރީހަށްވުރެ ގިނަ މަލާއިކަތުން އެންމެ ކުރިން އެ ދުޢާ ލިޔުއްވެވުމަށް ވާދަކުރެއްވެވި ދުޢާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 12 ސިކުންތު

ނަމާދުކުރާއިރު ސުންނަތުގައި ވާރުދުވެގެންވާ ކޮންމެ ދުޢާއްް ކިޔުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ކޮންމެ ދުޢާއަކީވެސް ކިޔަންވީ ދުޢާތަކެވެ. ނަމަވެސް ބައެއް ދުޢާތަކަކީ ތަފާތު ސަބަބުތައް މެދުވެރިވެ ޚާއްޞަކަން އިތުރަށް ލިބިގެންވާ ދުޢާތަކެވެ. 

އިޢްތިދާލުގައި ކިޔަން އޮތް ދުޢާތަކުގެ ތެރެއިން މިދުޢާ އާއިމެދު ވިސްނާލަމާތޯއެވެ! 

އެދުޢާއަކީ އެދުޢާގެ އަޑު އިވިވަޑައިގަތުމުން 30 އަށްވުރެ ގިނަ މަލާއިކަތުން އެންމެ ކުރިން އެ ދުޢާ ލިޔުއްވެވުމަށް ވާދަކުރެއްވެވިކަން ހަދީޘްފުޅުން ސާބިތުވާ ދުޢާއެކެވެ. ވަރަށް ކުރުކުރު ، ކިޔައިލަން ވެސް އެހައިމެ ފަސޭހަ ދަޢާއެކެވެ. ދުޢާ ކުރަން ބޭނުންވާ މީހާއަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކިޔުމުގެ ފުރުޞަތުވެސް ފަހިވެގެންވާ ދުޢާއެކެވެ. 

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ نُعَيْمِ بْنِ عَبْدِ اللَّهِ الْمُجْمِرِ، عَنْ عَلِيِّ بْنِ يَحْيَى بْنِ خَلاَّدٍ الزُّرَقِيِّ، عَنْ أَبِيهِ، عَنْ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، قَالَ كُنَّا يَوْمًا نُصَلِّي وَرَاءَ النَّبِيِّ صلى الله عليه وسلم فَلَمَّا رَفَعَ رَأْسَهُ مِنَ الرَّكْعَةِ قَالَ ‏"‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏"‏‏.‏ قَالَ رَجُلٌ وَرَاءَهُ رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، فَلَمَّا انْصَرَفَ قَالَ ‏"‏ مَنِ الْمُتَكَلِّمُ ‏"‏‏.‏ قَالَ أَنَا‏.‏ قَالَ ‏"‏ رَأَيْتُ بِضْعَةً وَثَلاَثِينَ مَلَكًا يَبْتَدِرُونَهَا، أَيُّهُمْ يَكْتُبُهَا أَوَّلُ ‏"‏‏.‏  

ރިފާޢަތު ބިން ރާފިއުއް ޒަރަޤީގެ އަރިއަހުން ރިވާވެގެންވެއެވެ. ތިމަންމެން އެއް ދުވަހަކު ރަސޫލް () ގެ ފަހަތްޕުޅުގައި ނަމާދުކުރީމުއެވެ. އެކަލޭގެފާނު، ރަސޫލް () ރުކޫޢުން ތެދުވެވަޑައިގެން "‏"‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏"‏‏.‏ މިފަދައިން ކިޔަވައި ވިދާޅުވިއެވެ. ދެން ފަހަތަޕުޅުގައި ހުންނެވި ބޭކަލަކު "

--رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، " މިފަދައިން ވިދާޅުވިއެވެ. 

ނަމާދު ނިމިވަޑައިގެން އެފަދައިން " رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ،" ވިދާޅުވީ ކާކުތޯ ރަސޫލް () ސުވާލުކުރެއްވެވިއެވެ. އެބޭކަލަކު "ތިމަންނާއެވެ" ދެންނެވުމުން ޙަދީޘްފުޅުކުރެއްވެވިއެވެ! "އެދުޢާ ފުރަތަމަ ލިޔުއްވަވާ މަލާއިކަތަކުކަމުގައިވެވަޑައިގަތުމަށް 30 އަށްވުރެ ގިނަ މަލާއިކަތުން ވާދަކުރައްވަވާތަން (އެއް މަލާއިކަތަކަށްވުރެ ކުރިން އަނެއް މަލާއިކަތާ ލިޔުއްވެވުމަށް އަވަސްވެވަޑައިގަންނަވާތަން) ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. 

އަޅުގަނޑުވެސް ނަމާދުގެ އިޢްތިދާލްގައި ކިޔަނީ މި ދުޢާއެވެ!

- ޝައިޚް އިބްރާހީމް ފަރީދު 

މި ދުޢާގައިވެސް ހިމެނޭ " رَبَّنَا وَلَكَ الْحَمْدُ " ކިޔުމުގެ މާތްކަމާއިބެހޭ ލިޔުމެއް:

https://miadhu.mv/article/read/57377

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް