އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރަން ބައިވެރިޔާ މަޖުބޫރުކުރާނަމަ އޮތީ ކައިވެނި ރޫޅައިލުން! ﷲ ތަޢާލާއަށް ބިރުވެތިވީމާ މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެ!

ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރަން ބައިވެރިޔާ މަޖުބޫރުކުރާނަމަ އޮތީ ކައިވެނި ރޫޅައިލުން! ﷲ ތަޢާލާއަށް ބިރުވެތިވީމާ މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މިހާރަކަށް އައިސް ފާޙިޝް ޢަމަލުތައްކުރާ މަންޒަރާއި ވީޑީއޯތައް ބެލުން ގިނަވެ އެއިން ފެންނަހައި ކަންކަން ކުރަން ބޭނުންވާ މީހުން އަންނަނީ ގިނަވަމުންނެވެ. އެކަންކަމުގެ ތެރޭގައި ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަންވެސް ހިމެނެއެވެ.  

މިޙާލަތު ކުރިމަތިވާ ގިނަ އަންހެނުންގެ ކިބައިން ލިބެމުން އަންނަ ޝަކުވާއަކީ ލިވާޠުކުރުމަށް އެދޭ ކަމެވެ. ދަރިން ލިބިފައި ތިބުމުން ވަކިވެވެން ނެތް ޙާލުގައި އެއީ މަޖުބޫރީ ޙާލަތެއް ކަމަށް ބަލައި ބައިވެރިޔާ އެދޭ ގޮތަށް ކަންތައް ކުރެވިދާނެއެވެ.  

ޖަވާބުގައި ބުންނަންޖެހެނީ ކިތަންމެ ގިނައިން ދަރިން ލިބިފައި ތިބި ނަމަވެސް، އަދި ވަރިކޮށްފިނަމަ ކިތަންމެ ބޮޑު ނިކަމެތި ޙާލެއްގައި އުޅެންޖެހިދާނެކަމަށް ވިސްނުނު ނަމަވެސް ލިވާޠުކުރަން މަޖުބޫރުކުރާނަމަ ވަރިވާށެވެ. އެކަމުގައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. އެއިރުން އެމީހަކަށް މާއުފާވެރި ޙަޔާތެއް ދެއްވަވާނެތެވެ.  

ލިވާޠުކުރުމަކީ އެންމެ ބޮޑެތި ޙަރާން ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމާއިމެދު ދެބަސްވާ ދީނުގެ އެންމެ ޢިލްމުވެރިއަކުވެސް ނެތެވެ. ވީމާ ލިވާޠުކުރުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.  

ކައިވެނީގައިވެސް އަދި އެހެންކަމުގައިވެސް އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އުފާވެރިކަން ހޯދަން އަހުރެމެންނަށް ކުރެވޭނީ މަސައްކަތެވެ. ކިތަންމެ ވަރަކަށް އުފާވެރިކަން ހޯދަން މަސައްކަތްކުރިނަމަވެސް ކުރިން މިބުނި ފަދައިން އުފާވެރިކަން ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އުފާވެރިކަން ލިބުމަށް އޮތްމަގަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް