އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޔެއްގެ ސަބަބުން ނެޕީ ޖައްސުވައިގެން ބަލަހައްޓަންޖެހޭ ބަލި މީހުން ލައްވައި ނަމާދުކުރުވާނެ ގޮތް-

ބައްޔެއްގެ ސަބަބުން ނެޕީ ޖައްސުވައިގެން ބަލަހައްޓަންޖެހޭ ބަލި މީހުން ލައްވައި ނަމާދުކުރުވާނެ ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ޢުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން މީހަކަށް ނެޕީޖަހައިގެން އުޅެންޖެހިފައި ނުވަތަ ނެޕީޖައްސާފައި އެނދުގައި ބާއްވަން ޖެހުނު ނަމަވެސް އޭނާގެ ބުއްދި ސަލާމަތުން ހުރި ނަމަ އޭނާގެ މައްޗަށް ނަމާދުވާޖިބުވާނެއެވެ. އޮތީ ނަމާދުކުރުމެވެ. ނަމާދު ވާޖިނުވާނީ ބައްޔެއްގެ ސަބަބުން ބުއްދިފިލައި ހިނގައްޖެ ނަމައެވެ.   

(އެއިގެ މާނައަކީ ދުނިޔަވީ ކަންކަމާއި މަސްއޫލުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް އެފަދަ ސަބަބެއް މެދުވެރިވެގެން ހަނދާންނެތުމެއް ނޫނެވެ. ނަމާދުވަގުތުޖެހި ފާއިތުވެގެންދާއިރު ނިދާފައި އޮތް މީހާއަށާއި އަދި ހަނދާން ނެތުނު މީހާއަށް އޮތީ ހަނދާންވުމުން އަވަހަށް އެ ނަމާދު ޤަޟާކުރުމެވެ.) 

ކޮޅަށް ނުހުރެވޭ މީހާ އިށީނދެ އިނދެގެން ކުރާނީއެވެ. އިށީނދެއިނދެގެން ނުކުރެވޭ މީހާ އޮށޯވެ އޮވެގެން ކުރާނީއެވެ. ދުލުން ނުކިޔޭނަމަ ހިތްމައްޗަށް ކަންކަން ގެނެސްގެން ކުރާނީއެވެ. 

އަމިއްލައަށް ވުޟޫ ނުކުރެވޭ ޙާލަތުގައި ތިބޭ ބަލިމީހުން ވުޟޫކުރުވުމަކީ ޢާއިލާގެ މައްޗަށް އޮތް ވާޖިބެކެވެ. ބަލިޙާލުގެ ސަބަބުން ވުޟޫކުރެވެން ނެތް ނަމަ ތަޔައްމަމް ކުރާނީ އެވެ. 

ކޮންމެ ޙާލަތެއްގައިވެސް ނަމާދު ނުއަޅާށެވެ! އެއީ އިސްލާމް ދީނުން ބޭރުވެގެން ހިނގައިދާނެ ކަމެއް ކަމުގެ ބިރު އޮތުމުންނެވެ. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ނެޕީ ޖައްސުވައިގެން ބަލަހައްޓަންޖެހޭ މީހުންލައްވައި ނަމާދުކުރުވަން ކަންކަން ކުރާނެ ގޮތަކީ ނަމާދުވަގުތު ޖެހުމުން ނެޕީނައްޓައި މީހާ ތާހިރުކޮށްލާނީއެވެ. ނެޕީ ބަދަލުކުރުމަށްފަހު ވުޟޫކޮށްލުވައިގެން ނަމާދުކުރުވާނީއެވެ. އެދެމެދުގައި ނެޕީ ހަޑިވިނަމަވެސް ނަމާދު ޞައްޙަވާނެއެވެ.

- ޝައިޚް އިބަރާހީމް ފަރީދު އަޙްމަދު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް