އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް ދަށުދަރަޖައިގަ އުޅެން ދަރިން ތަރުބިއްޔަތު ނުކުރާނަމަ އެއީ ދަރިންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް! އަނިޔާއެއް!: މުފްތީ މެންކް

ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް ދަށުދަރަޖައިގަ އުޅެން ދަރިން ތަރުބިއްޔަތު ނުކުރާނަމަ އެއީ ދަރިންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް! އަނިޔާއެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

މިހާރުވެސް ހެޔޮލަފާ މައިންބަފައިން ގެއަށް ދަޢުވަތުދޭނީ ހަމައެކަނި ތަނަވަސް މީހުންނަކަށް ނޫނެވެ. ފަޤީރުންނަށްވެސް ދަޢުވަތުދީގެން ގެނުވާނެއެވެ. އެމީހުންނަށް ހެޔޮކޮށް ހިތާނެއެވެ. އެހީތެރިވެސްވާނެއެވެ. އެކަމުގައި ދަރިން ޝާމިލުވެސް ކުރުވާނެއެވެ. އެއީ އެއާދަ ދަރިންނަށް ދަސްކޮށްދީ ދަރިންގެ ކިބައިގައިވެސް ހަރުލެއްވުމަށެވެ.

ވިސްނާށެވެ! ޢާއިލާއަށް ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބި ތަނަވަސްކަމުގައި އުޅެމުންދިއަ ނަމަވެސް ދަރިން ތަރުބިއްޔަތުކުރަން ޖެހޭނީ ލިބޭ މިންވަރަކުން ދިރިއުޅުން ހަމަޖައްސަން ދަސްކޮށްދެވޭ އަޚްލާޤެއްގެ މަތީގައެވެ. އެކަމަށް ދަރިން ހޭލުންތެރިކުރުވަންވާނެއެވެ. ކިތަންމެ އާދައިގެ ދިރިއުޅުމެއް އުޅެން ޖެހުނު ނަމަވެސް އުޅެވޭނެ ގޮތަށެވެ.

އެހެންކަމުން ފަޤީރުންވެސް ދުނިޔޭގައި އުޅޭކަން ބުނެދީ ފަޤީރުންގެ ދިރިއުޅުމާއިބެހޭ މައުލޫމާތު އެންމެ ކުޑައިރުންސުރެ ދަރިންނަށް ދޭންޖެހޭނެއެވެ! އެކުދިން އެފަދަ ހާލަތަކަށް ހޭލުންތެރިކުރުވަންވާނެއެވެ! އަބަދުވެސް ވިސްނަންވާނީ ލިބިފައިވާ ތަނަވަސްކަން ތިމާމެންގެ ކިބައިންވެސް ގެއްލިދާނެ ކަމަށެވެ. ނިކަމެތި ހާލަތެއްގައި ދިރިއުޅެން ޖެހިދާނެ ކަމަށެވެ. ދަރިން ތަރުބިއްޔަތު ކުރަންވާނީ މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ދަރިންނަށް ތައުލީމު ޑޭން މަސައްކަތްކުރާ ފަދައިން ދިރިއުޅުމުގެ ރިވެތި ސިފަތައް ދަސްކޮށްދިނުމަކީވެސް ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

މީސްތަކުން ދުނިޔެއަށް ފޮނުއްވަވަނީ ބިމުގައި ދިރިއުޅުމަށެވެ. އެކުވެރިކަމާއިއެކު ދިރިއުޅުމަށެވެ. އެކަކު އަނެކަކަށް އެހީތެރިވެދީގެން ދިރިއުޅުމަށެވެ. ނަމަވެސް އެއް ފެންވަރެއްގައި ދިރިއުޅުމަކަށް ނޫނެވެ. މިއަދު އެންމެ ބޮޑު އެއްމައްސަލައަކަށް އެކަންތައް ވެގެން މިއުޅެނީ އެންމެ މަތީފެންވަރުގައި ދިރިއުޅެން ގިނަބައަކު ބޭނުންވުމެވެ. މިފަދަ ކަންކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުދިންނަށެވެ. އެހެންކަމުން ދަރިން މިފަދަ މައްސަލަތަކަށް ހޭލުންތެރިކުރުވައި ތަރުބިއްޔަތުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިހާރަކަށް އައިސް ވަރަށް ކުޑަ ކުދިންވެސް އެންމެ އަގު ބޮޑު އެއްޗެތި ހޯދަން މައިންބަފައިން ގާތުން އެބައެދެއެވެ. އާދައިގެ ފެންވަރުގެ ތަކެތި ޤަބޫލު ނުކުރަންވެގެން އެބަ ބޮޑާ ހާކައެވެ. މިކަން މިގޮތަށް މެދުވެރިވަނީ ހަމައެކަނި އެހެން ކުދިން އެފަދަ ތަކެތި ގެންގުޅޭތީއެއް ނޫނެވެ.

އަމިއްލަ ގޭތެރެއިންވެސް އެފަދަ ކަންކަން ފެންނާތީއެވެ. މައިންބަފައިންގެ މެދުގައިވެސް އެފަދަ މައްސަލަތައް ހުންނާތީއެވެ. ދަރިންގެ ކުރިމަތީގައި އެފަދަ ވާހަކަތައް ދެކެވޭތީއެވެ. ހިތާމައާއިއެކުވެސް ބުނަން ޖެހެނީ ބައެއް މައިން އެންމެ އަގު ބޮޑު ފޯނު ނޫނީ ބޭނުން ނުކުރަން ބޮޑާހާކާތަން ދަރިންނަށް އެބަ ފެންނަ ކަމަށެވެ. ބޭނުންވާ ކަންކަން ބައްޕަ ކޮށް ނުދޭކަމުގެ ޝަކުވާގެ ވާހަކަތައް ދަރިންނާއިވެސް ހިއްޞާކުރާ ކަމަށެވެ.

މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ޚާއްޞަކޮށް އަންހެންދަރިންނަށް މިފަދަ މަންޒަރުތައް ފެނި އަޑުތައް އިވުމުން އެމީހުން ކައިވެނިކުރުމަށްފަހު އެމީހުންވެސް ފިރިންގެ ކިބައިން މިފަދަ ކަންކަމަށް އެދުން ކައިރިއެވެ. ފިރިމީހާގެ ކިބައިގައި އެފަދަ ތަނަވސްކަން ނެތިއްޖެނަމަ މައްސަލަ ޖެހި ވަރިވާތަންވެސް އެބައާދެއެވެ!

މީގެ އިތުރުން ދަރިންނަށް އެންމެ އަގުބޮޑު ތަކެތި ހޯދައިދިނުމަކީވެސް ހަމަ މައްސަލައެކެވެ. އެއިރުން އެމީހުންނަށް ދަސްވެފައިހުންނާނީ ވަރަށް އަގު ބޮޑު ދިރިއުޅުމެކެވެ. ލިބޭ ފިރިމީހާއަކީ އެފެންވަރުގެ މީހަކަށް ނުވެއްޖެނަމަ ހަމަ ކުރިން ބުނި މައްސަލަތައް ކުރިމަތިވާނެއެވެ. މިފަދަ ކަންކަން މިހާރުވެސް ދަނީ ހަމަ ހިނގަމުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް