އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާގެ ނިކަމެތިކަން ބަޔާންކޮށް އިޚްލާޞްތެރިކަމާއެކު އާދޭސް ދަންނަވައި ދުޢާކުރުމުން ޢިޖާބަކުރައްވަވާނެ! އެންމެ އަސަރާއެކު ދުޢާކުރެވޭނީ އަމިއްލަ ބަހުން!

ތިމާގެ ނިކަމެތިކަން ބަޔާންކޮށް އިޚްލާޞްތެރިކަމާއެކު އާދޭސް ދަންނަވައި ދުޢާކުރުމުން ޢިޖާބަކުރައްވަވާނެ! އެންމެ އަސަރާއެކު ދުޢާކުރެވޭނީ އަމިއްލަ ބަހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ދުޢާކުރަން ބޭނުންވާ ކަންކަމަށް އެދިގެން ކުރާނެ ދުޢާއެއް ޤުރްއާނުން ނުވަތަ ސުންނަތުން ފެންނަން ނެތްނަމަ ދުޢާކުރާނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. ޖަވާބުގައި އަބަދުވެސް ބުނަން މިޖެހެނީ ހަމައެއް ވާހަކައެކެވެ. އެއީ ކޮންމެ ކަމަކާއި ގުޅިގެން ކުރާނެ ދުޢާއެއް ޤުރްއާނުން ސުންނަތުން ނުފެނުމަކީ މައްސަލައެއް ނޫންކަމަށެވެ. އެމީހަކަށް އެންމެ ފަސޭހަބަހަކުން ދުޢާކުރުމުން ފުދޭނެ ކަމަށެވެ. ފުދި އިތުރުވެސްވާނެކަމަށެވެ.

ތިރީގައިވާ ލިޔުމުން ގުޅުންހުރި ކަންކަން ސާފުވެލައްވާނެއެވެ. އިން ޝާ ﷲ

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮންމެ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޢަރަބި ބަހުން އޮންނަ ދުޢާއެއް ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫނެވެ.

ޢިލްމުވެރިން ވިދާޅުވަނީ ކަންކަމަށް ބޭނުންވުމުން ނުވަތަ ކަންކަމަށް އެދިގެން ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތައް އަދި ކައު އިތުރު ރަސޫލާ (ﷺ) ކުރެއްވެވި ދުޢާތައް ކުރުމުގެ ބޭނުމަކީ އެ ދުޢާތަކަށްވުރެ ފުރިހަމައަށް ދުޢާ ނުކުރެވޭނެތީ ކަމަށެވެ. އެހެންކަމުން އެންމެ މަތިވެރި ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރަންވީ ކަމަށެވެ.

އެންމެބޮޑަށް ފާހަގަމިކުރަނީ ކުރާ ދުޢާގެ މާނަ ދަސްކުރުމުގެ މުހިންމުކަމެވެ. ރޯންޖެހޭ ޙާލަތުގައި ރޮއިކަރުނައަޅައި ﷲ ތަޢާލާއަށް ދެންނެވޭނީ ދެންނެވޭ އެއްޗެއް އެނގިގެން ކަމުގައިވާތީއެވެ!

ޢަރަބި ބަސް ނުއެނގޭ މީހަކު ޢަރަބިބަހުން ދުޢާކުރާއިރުވެސް އޮންނާނީ ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގިފައެވެ. އެކަމުގެ އަސަރާއިއެކު ﷲ ތަޢާލާއަށް ނުދެންނެވިފައެވެ. ވީމާ ކުރާ ދުޢާތަކުގެ މާނަ ދަސްކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.

ﷲ ތަޢާލާއީ ހުރިހާ ބަސްތަކެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާށނގެއެވެ. ވީމާ ތިމާއަށް ބޭނުންވާ ކަންކަމުގައި ތިމާ ވާހަކަދައްކައިއުޅޭ ބަހަކުން ވެސް ދުޢާކުރަންވީއެވެ. އެންމެ އަސަރާއިއެކު ﷲ ތަޢާލާގެ ޙަމްރަތުގައި ދެންނެވޭނީ އެއިރުންނެވެ.

ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމަށް ވަކި ބަހެއް ނެތެވެ. އެހެނީ ހުރިހާ ބަސްތަކެއްވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާތީއެވެ. ނަމަވެސް ކަންކަމަށް އެދި ދުޢާ ކުރުމުގައި ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ އަދި ރަސޫލް (ﷺ)ގެ ޙަދީޘްފުޅުތަކުން ފެންނަންހުރި ދުޢާ ކުރުން މޮޅު އިތުރުވެގެންވެއެވެ. އެފަދަ ދުޢާއެއް ނުއެނގޭނަމަ، ހަމަ ކޮންމެ ބަހަކުން ނަމަވެސް ދުޢާކުރަންވީއެވެ. ދިވެހި، އިނގިރޭސި، ޢަރަބި ފަދަ އެމީހަކަށް ފަސޭހަ ބަހަކުން ހަމަ ދުޢާކުރަންވީއެވެ.

އެމީހަކު ވާހަކަދައްކައި އުޅޭ ބަހުން ދުޢާކުރި ނަމަވެސް ދުޢާކުރަން ފަށަންވާނީ ﷲ ތަޢާލާއަށް ހަމްދުކޮށް ރަސޫލާ (ﷺ)އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރުމުންނެވެ.

"ﷲއަށް ޙަމްދު ކުރަމެވެ. ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރަމެވެ.---- ދެން ބޭނުންވާ ދުޢާއެއް ކުރިއަށް ގެންދަންވީ (ކުރަންވީ) އެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް