އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާ ދެކެ ފޫހިވުމުން ނަމަވެސް އެއްދާންކުރުމާ ދުރުހެލިވާނަމަ އެމީހަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ސައިންސްވެރިން ހޯދައިފި!

ބައިވެރިޔާ ދެކެ ފޫހިވުމުން ނަމަވެސް އެއްދާންކުރުމާ ދުރުހެލިވާނަމަ އެމީހަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ސައިންސްވެރިން ހޯދައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު

މާތް ﷲ ކައިވެނިކުރުން އެއީ ކުރަން މުހިންމު ކަމެއްގައި ލައްވަވާފައިވަނީ ވަރަށް ގިނަ ސަބަބުތަކަކަށްޓަކައެވެ. ކައިވެންޏަށް ފަހު އެއްދާން ކުރުމަކީ ވަރަށް ގިނަ ގޮތްގޮތުން ހަށިގަނޑަށް ފައިދާކުރާ ކަމެއްކަމަށް މިއަދު ބުނަމުން އެދަނީ ޑޮކްޓަރުންނެވެ. ސައިންސްގެ ހޯދުންތަކުގެ އަލީގައެވެ. މިކަންކަން ﷲ ތަޢާލާ އެންމެ ކުރިންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.  

ދެމަފިރިން އެއްދާންކުރުމާއިމެދު ބައެއް މީހުން ދެކެނީ އެއީ ހަމައެކަނި ހިތްހަމަޖައްސަން، އުފާވެރިކަން ހޯދަން ކުރަން އޮންނަ ކަމެއްގެ ގޮތުގައެވެ. އެހެންވެ ބައިވެރިޠާދެކެ ފޫހިވުމުން ނުވަތަ އެނޫންވެސް ސަބަބުތަކަށްޓަކައި އެއްދާންކުރުމާއި ދުރުހެލިވެއެވެ.  

އެގޮތަށް އެކަން ނުކުރުމަށް ދީނީ ޢިލްމްވެރިން ގެންދަވަނީ އެންމެ ކުރިންސުރެ ބަޔާންކުރައްވަމުންނެވެ. މިވަޤުތު އެކަމަށް މިބަލައިލަނީ ދީނީ ނަޒަރަކުން ނޫނެވެ. ސައިންސްވެރިން ހާމަކޮށްފައިވާ ބައެއް ކަންކަމުންނެވެ.  

ސައިންސުގެ މިއަދުގެ ޙޯދުންތަކުން އެނގޭ ގޮތުގައި އެއްދާން ކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. ނުކުރުމުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ފޫބައްދަން ދަތި ކަންކަންވެސް އެބަހުއްޓެވެ. އެއިގެ ތެރެއިން އެއްކަމަކީ އެއްދާން ނުކުރުމަކީ ވިސްނުން ކޮށިވެ ހަނދާން ނެތުމުގެ މައްސަލަތައްވެސް ކުރިމަތިވާ ކަމެކެވެ.  

ކުރިން ބުނި ފަދަ ސަބަބުތަކަށްޓަކައި އެއްދާންކުރުމުގެ ބޭނުން ތަފާތު ގޮތްގޮތަށް މާނަކޮށްފާނެއެވެ. އެއީ އެމީހެއްގެ ކަމެކެވެ. އެއްދާންކުރަން ވަކި ޢުމުރެއް ނެތެވެ. އެމީހެއްގެ ޢުމުރާއި ގުޅޭ ގޮތުން ކަންކަންކުރާނީއެވެ. ބޭނުންވަނީ އެކަމުން ސިކުނޑިއަށް ލިބެންވާ ހިތްހަމަޖެހުން ލިބުމެވެ. ޢުމުރު ވަކިހިސާބަކަށް މަތިވުމުން ދެމަފިރިން އެކުގައި އެއް އެނދުގައި ނިދައިލުމުން ހިތްހަމަޖެހުން ލިބޭ ޙާލަތަށްވެސް ހިނގައިދާނެއެވެ. ވީމާ މިދައްކަނީ ޢުމުރާއި އެމީހެއްގެ ޞިއްޙަތާއި ގުޅޭ ގޮތަށް އެކަންކުރުމުގެ ވާހަކައެވެ.  

އެއްދާންކުރުމަކީ ކޮންމެ އުމުރެއްގައި ވެސް އުފާވެރި ކަމަކަށް ވެގެންދާނެކަން ދިރާސާތަކުން ދައްކައެވެ. ދިރާސާއަކުން އެނގޭ ހަގީގަތަކީ 50 އަހަރާއި 83 އަހަރާ ދެމެދުގެ ބޮޑެތި މީހުންގެ ކޮގްނިޓިވް ފަންކްޝަން ރަނގަޅުވުމާ މަދުވެގެން ހަފްތާއަކު ޖިންސީ ގުޅުން ހިންގުމާ ގުޅިފައިވާ ކަމެވެ. 

ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ކައިވެނިކޮށްގެން އުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ޖިންސީ ހިތްހަމަޖެހުން ލިބިގަންނަ މީހުންނަށް ޢުމުރުން ދުވަސްވުމުން ޖެހޭ ޞިއްޙީ ބޮޑެތި ބައެއް މައްސަލަތަކުން ސަލާމަތްވެ ތިބުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.  

ޔަޤީންކުރަން އޮތް ކަމަކީ އިސްލާމް ދީނުގައިވާ މަގުން އުފާވެރިކަން ހޯދާނަމަ އެކަމުގެ ސަބަބުން ތިމާއަށް ފައިދާތައް ކުރާނެ ކަމެވެ. ވީމާ ބައިވެރިޔާ ދެކެ ފޫހިވުމުން ބައިވެރިޔާއަށް އަދަބު ދިނުމަށް ނަމަވެސް، ހިތުގައި ޖައްސުވަން ނަމަވެސް އެއްދާން ކުރުމާ ދުރުހެލިވާނަމަ އެމީހަކަށްވެސް އެދަނީ އަދަބު ލިބެމުންނެވެ. ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.  

މިފަދަ ވާހަކަތައް ދައްކަންޖެހެނީ މިކަންކަމަށް ނުވިސްނުމުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް ބޮޑުކަމުންނެވެ. ރޫޅިގެންދާ ކޮންމެ ކައިވެންޏަކީ މައްސަލަތަކުގެ ޗޭނަށް އިތުވާ ބޮޅަކަށްވާތީއެވެ. ޑީނަށް ކުރިއެރުން ލިބެން އޮތީވެސް އިޖުތިމާޢީ މައްސަލަތައް ޙައްލުކުރެވި އުފާވެރިކަމުގައި ދިރިއުޅެވޭ ވަރަކުން ކަމަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު