އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނި ރޫޅުމުން ލިބޭ މާޔޫސްކަމުގަ ދިރިއުޅުން މަތިން ފޫހިވެ މަގުކައްސާލައިގެންދާ ވަޤުތު ހިތްވަރުދީ އެޙާލަތުން ސަލަމާމަތްކުރަން މަސައްކަތްނުކުރާނަމަ އެއީ ޙަޤީޤީ އެކުވެރިއެއް ނޫން!

ކައިވެނި ރޫޅުމުން ލިބޭ މާޔޫސްކަމުގަ ދިރިއުޅުން މަތިން ފޫހިވެ މަގުކައްސާލައިގެންދާ ވަޤުތު ހިތްވަރުދީ އެޙާލަތުން ސަލަމާމަތްކުރަން މަސައްކަތްނުކުރާނަމަ އެއީ ޙަޤީޤީ އެކުވެރިއެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އަންހެނުންގެ ތެރެއިންވެސް އަދި ފިރިހެނުންގެ ތެރެއިންވެސް ގިނަ ބައަކު އެންމެ ފަސޭހައިން މަގުފުރެދިގެންދާ އެއްކަމަކީ ކައިވެނި ރޫޅި އެކަނިވެރިވާންޖެހޭ ޙާލަތުގައި އެމީހަކަށް ލިބޭ މާޔޫސްކަމެވެ. ޚާއްޞަކޮށް ތިމާގެ ކުށެއް ނެތި ކައިވެނި ރޫޅިއްޖެނަމައެވެ. އެމީހަކު ދެކެ ތިމާ ލޯބިވާ އަދި އެމީހަކާއިއެކު ތިމާ ޢުމުރަށް އެކުގައި އުޅެން ބޭނުންވާ މީހާ ތިމާ ދޫކޮށްލައިފިނަމައެވެ.

އެފަދަ ޙާލަތުގައި ތިބާގެ އަޚާ ނުވަތަ އުޚުތާ މަގުފުރެދެން ދޫކޮށްނުލައި އިޞްލާޙުކުރުވޭތޯ މަސައްކަތް ކުރާށެވެ. އެއީ ކޮންމެ މީހެއް ނަމަވެސް އެމީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެއީއެވެ. އެކަމުން ފައިދާކުރާނީ އެމީހާއަށް އެކަންޏެއް ނޫނެވެ. އެކަމަށް މަސައްކަތްކޮށްދީ އެހީތެރިވި މީހާއަށްވެސް ގިނަގުނަ ޘަވާބު ދެއްވަވާނެތެވެ. އިންޝާ ﷲ

މަގުފުރެދުން މާނަކުރަންވީ ހަމައެކަނި އަޅުކަން ނުކުރުމާ ޙަރާމްކަންކަން ކުރުމަކަށް ނޫނެވެ. ކުރިން އުޅެމުން އައި ރިވެތި ދިރިއުޅުން ދޫކޮށްލައި ތިމާގެ ޙަޔާތް އޮޔާލުމަކީވެސް ހަމަމަގުފުރެދުމެވެ. ސަބަބަކީ އެޙާލަތުގައި މަދުމީހަކަށް ނޫނީ އޮންނާނީ ދީނުގައި ޘާބިތު ނުވެވިފައެވެ.

އަދި ކީއްހެއްޔެވެ؟ ދިރިއުޅުން މަތިން ފޫހިވެ ވަޒިފާ އަދާނުކުރާނަމަ އެއީވެސް މަގުފުރެދުމެކެވެ. ސަބަބަކީ އެއިރުން ޙަލާލު ގޮތުގައި ހޯދަމުންއައި ޢާމްދަނީ ލިބުން ހުއްޓި ދަތިޙާލުގައި އުޅެންޖެހޭނެ ކަމެވެ. އަދި އެފަދަ ޙާލަތެއް ކުރިމަތިވުމުން ﷲ ތަޢާލާއަށް ބިރުވެތިވެ ކެތްތެރިވެވެނީވެސް ވަރަށް މަދު ބައަކަށް ކަމުގައިވާތީއެވެ.

ލޮބުވެތި އެކުވެރިންނޭވެ! އެންމެންނަކީ ދީނަށް ގޮވާލައި ދީން ފަތުރަން ަމސައްކަތްކުރެވޭނެ ބައެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކީވެސް ތިމާގެ ގާތް މީހަކަށް މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ހިތްވަރުދީ ޘާބިތުކަމާއިއެކު ކުރިއަށްދާން މަގުދައްކައިދެވިދާނެ މީހެކެވެ.

އެކުވެރިޔާ އުފަލުގައި ދިރިއުޅޭއިރު އޭނާގެ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދިންނަމަވެސް ނިކަމެތިވެއްޖެނަމަ އެމީހެއްގެ ކަންކަން ވަރަށް ގާތުން ބަލައި އެހީތެރިވެދޭންވާނެއެވެ. މާޔޫސްވެ ކަންނެތްވާން ދޫކޮށްލައިގެންނުވާނެއެވެ. އަޅުކަމާއި ދުރުހެލިވާން ޢަމްދުން ދޫކޮށްލައިގެން ނުވާނެއެވެ. ކުރިމަތި ކުރެއްވެވި ޙާލަތަށް ކެތްތެރިވުމުން ލައްވަވާނެ ރަޙްމަތް މާބޮޑުވާނެކަން ވިސްނައިދޭންވާނެއެވެ. ހެޔޮއެދުމަކީ އެއީ އެވެ. ޙަޤީޤީ އެކުވެރިންނަކީވެސް އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް