އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު
ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބަންގްލަދޭޝް މީހަކު މަރުވުމާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނެއްގެ ލައިސަންސް ހިފަހައްޓައި، އޭނާ ދުއްވި ސައިކަލު ޓޯވކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 8:19 އެހައިކަށްހާއިރު ހުޅުމާލެއިން މާލެ އަންނަ ލޭންގައެވެ. ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތްކުރާކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހުމުގެ ސަބަބުން ބަންގްލަދޭޝްގެ މީހަކު ވަނީ ހައިވޭއަށް ވެއްޓިފައެވެ. ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯއެއްގައި ދައްކާގޮތުން، އެ މީހާ ވެއްޓި އޮއްވައި ފަހަތުން އައި ސައިކަލެއް ވަނީ އޭނާގެ ގައިމަތިން ގޮސްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުން، މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެދުވަހުގެ 9:05 ހާއިރު ވަނީ ނިޔާވެފައެވެ.
Advertisement
4 ފެބްރުއަރީ 2025