އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު
ލޯބިވުމަކީ ފައިސާއިން ގަނެވޭ އެއްޗެއްނަމަ އެންމެ ތަނަވަސް މީހުންނަށް އެމީހުން ބޭނުންވާ އަންހެނުންނާއި ކައިވެނިނުކުރެވިގެން އުޅޭކަށް ނުޖެހޭނެއެވެ. ކައިވެނިކުރަން ތަނަވސް މީހުން ތިއްބައި ފަޤީރުންނަކާއި ކައިވެންޏެއް ނުކުރާނެއެވެ. އެކަމަކު މިކަންކަންވެސް ދަނީ މެދުވެރިވަމުންނެވެ.
މިއީ މިއަދު ވަރަށް ބޮޑަށް އޮޅުންއަރަމުން އަންނަ ކަމެކެވެ. ބައެއް ފިރިންނަށް ވިސްނިފައި އޮންނަނީ އެމީހުންގެ ތަނަވަސްކަމުން އަނބިންގެ ހިތްފުރާލުމުން އެކަނބަލުންގެ ލޯބި ތިމާއަށް ލިބިލިބި ހުންނާނެ ކަމަށެވެ. އެހެންވެ އަޅައިލުމާއި ލޯބި ދިނުމުގައި ފަރުވާކުޑަކުރެއެވެ. އެކަންކަމުގައި އިހްމާލުވެއެވެ.
ދެންމިވާ ގޮތަކީ އެނުބައި ވިސްނުމުގައި ހުއްޓައި އަނބިމީހާ ގެއްލެނީއެވެ. ފިރިމީހާ ގާތުން ވަކިވެ މާފަޤީރު މީހުންނާއިވެސް ގުޅެނީއެވެ. އާނއެކެވެ. ތަނަވަސްކަމުގައި އުޅެވޭނަމަ ފުދިގެން ތިބޭ އަންހެނުންވެސް ތިބޭނެއެވެ. އެމީހުންވެސް ފުދިގެން ތިބިނަމަވެސް އެމީހުންގެ ކިބައިން ލޯބިލިބުމުގައި މައްސަލަތައް ހުންނާނެއެވެ. އަދި ފުދިގެން ނުތިބޭނެ ބައަކުވެސް ތިބޭނެއެވެ.
މިކަންކަން ބަޔާންކުރައްވައި ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ:
ﷲ ތަޢާލާ އަނބިން (އަންހެނުން) އުފައްދަވާފައިވަނީ ފިރިހެނުންގެ ނަފްސުންނެވެ. ހައްވާގެފާނު އުފެއްދެވީ އާދަމްގެފާނުގެ ކަށިގަނޑަކުންނެވެ. އަނބިން އުފައްދަވާފައިވަނީ އެކަނބަލުންގެ ކިބައިން އުފާ ލިބިގަތުމަށެވެ. އެ އުފާވެރިކަން ހޯދޭނެ، އަދި ލިބިގަނެވޭނެ ގޮތް ވެސް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ.
"އަދި ތިއަބައިމީހުންގެ މެދުގައި ތިމަން ﷲ ލޯބި ލެއްވެވީމެވެ. އޯގާވެރިކަން ލެއްވެވީމެވެ."
މި ދެކަންތައް ނެތްނަމަ މާއްދިއްޔަތުން ކިންމެ ބޮޑު ކަނަވަސްކަމެއް ގެނެސްދިން ކަމުގައިވި ނަމަވެސް، ﷲ ގަންދީ ހުވާކޮށްފަ މިބުނަނީ އެޢާއިލާގެ ތެރޭގަ ނޯންނާނެ އެއްވެސް ހަމަޖެހުމެއް. ލޯތްބާއި އޯގާތެރިކަން ނެތް ދެމަފިރިންގެ މެދުގައި ހަމަޖެހުން އޮތުމަކީ މުސްތަހީއްލު ކަމެއް."
ލޯތްބެވެ މިކިޔަނީ އެކެއްގެ ހިތް އަނެކެއްގެ މައްޗަށް ލެންބުވުމަށެވެ. ލެނބިގެން ދިއުމަށެވެ. ﷲ ތަޢާލާ ވަހީ ކުރައްވަވާފައިވަނީ ލޯބި ގެނެސްދިނުމަށްޓަކައި އަޅައިލުމާއި އޯގާތެރިކަން ލެއްވެވީމެވެ. "އެހެންވީމާ ދެމަފިރިންގެ މެދުގައި ލޯބި ނެތްކަމުގައި ވެއްޖެނަމަ، އެލޯބި ދަގަނޑު ލޯތްބަކަށް ވެއްޖެ ނަމަ ފޭލްވީ. ގިރިޓީ ލޯތްބަކަށް ވެއްޖެނަމަ ފޭލްވީ. ބޭނުންވަނީ އޯގާތެރި ލޯތްބެއް" .
"އުސްތާޛަކު ވިދާޅުވެފައިވަނީ އެންމެ އަގު ބޮޑު ކާރާ، އެންމެ ތަނަވަސް ގެއާ ޚަރަދުކުރަން ކިތަންމެ ގިނަ ފައިސާއާ އެފަދަ ހުރިހާ ކަމެއް އަންހެންކަށް ދިން ނަމަވެސް އަޅައިލުމާއި އޯގާތެރިކަން ނުދޭނަމަ އަންހެނާގެ، އަނބިމީހާގެޙަޤީޤީ ލޯބި ނުލިބޭނެ ކަމަށް!" .
އަންހެނުން، އަނިބިން ނިކަމެތިކުރަމުން ގެންދާ ކޮންމެ ފިރިހެނަކުވެސް ވިސްނަންވީ ތިމަންނާއަށް ﷲ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިތޯ މިވަނީ ނުވަތަ ފުރަގަސްތޯ މިދެވެނީ."
ވިސްނައި ފިކުރުކުރާ މީހަކަށް މިވަރުންވެސް ފުޑޭނެއެވެ. އިން ޝާ ﷲ
Advertisement
4 ފެބްރުއަރީ 2025