އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުމަތީގަ ޝަހާދަތް ނުކިދާނެ 3 ޙާލަތު- އެމީހާއަށް ނުކިޔުނަސް ގާތުގަ ތިބޭ މީހުން ޝަހާދަތް ލައިދޭންވާނެ!

މަރުމަތީގަ ޝަހާދަތް ނުކިދާނެ 3 ޙާލަތު- އެމީހާއަށް ނުކިޔުނަސް ގާތުގަ ތިބޭ މީހުން ޝަހާދަތް ލައިދޭންވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 40 ސިކުންތު

މަރުމަތީގައި ދުލުން ޝަހާދަތް ނުކީދާނެ ޙާލަތުތައް ވެއެވެ. އެއް ޙާލަތަކީ ދޫ ޙަރަކާތް ނުކުރެވޭފަދަ ބަލިޙާލުގައި އޮންނަން ޖެހުމެވެ. ދެވަނަ ޙާލަތަކީ ކޯމާގައި ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެ ހަމަހޭ ނެތް ޙާލަތުގައި މަރުވާންޖެހުމެވެ. ތިންވަނަ ސަބަބަކީ ގަދަވެ ސަލާމަތުން އޮވެ މަރުވިނަމަވެސް ޝަހާދަތް ކިޔުމުގެ ކުޅަދާނަކަން ދުލަށް ނުލިބުމެވެ. 

މީގެ ތެރޭގައި މަރުގެ މަލާއިކަތުން ފެންނަ ވަޤުތު ތިމާއަށް ދާންޖެހޭނީ ނަރަކައަށްކަން އެނގުމުން އެކަމަށް ގަންނަ ބިރުބޮޑުކަމުން ޝަހާދަތްކިޔަން ހަނދާންނެތޭނެ މީހުންވެސް ތިބޭނެއެވެ. އަދި ކިޔަން މަސައްކަތްކުރިނަމަވެސް ނުކިޔޭނެ މީހުންވެސް ތިބޭނެއެވެ. އެއީ ދުނިޔޭގައި އުޅުނުއިރު ތިމާ ޝަހާދަތުގެ ދެކަލިމައަށް ޢަމަލުނުކުރީތީއެވެ. 

މަރަށް ޙާޟިރުކުރެވިފައިވާ މީހާއަށް އޯގާތެރިކަމާ މަޑުމައިތިރިކަމާއެކު ޝަހާދަތް ލައިދޭށެވެ. އެގޮތުން ކައިރީގައި ހުންނަ މީހާ އެވަޤުތު ޝަހާދަތް ކިޔާށެވެ. އޭރުން މަރުވަމުންދާ މީހާއަށް އޭގެ މަތިން ހަނދާންވާނެއެވެ. މަރުވާ ވަޤުތު، މަރާ ބައްދަލުކުރާމީހާވާނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.  

އަބޫ ސަޢީދު އަލްޚުދަރިއްޔު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. 

"ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ. 

«لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللهُ» [رواه مسلم] 

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މަރަށް ޙާޟިރުކުރެވޭ މީހުންނަށް لاَ إِلٰهَ إِلاَّ اللهُ ލައިދޭށެވެ." 

މުޢާޛު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. 

" ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ.

«مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ» [رواه أبو داود والحاكمُ بإسنادٍ صحيح] 

މާނައީ: "އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا الله ކަމުގައި ހަދައިފިމީހާ ދަންނައެވެ. އެމީހަކު ސުވަރުގެ ވަންނާނެއެވެ." 

މި ޙަދީޘްފުޅުގެ މާނައަކީ ﷲ ތަޢާލާ އެއްކައުވަންތަކުރުންމަީގައި މަރުވެއްޖެ މީހާ، އޭނާ ކޮށްފައިވާ ފާތަކަށް ޖަޒާލިބި ނިމުމަށްފަހު އެމީހަކު ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާނެ ކަމެވެ. ވީމާ މަރުމަތީގައި ޝަހާދަތް ކިޔުމަކީ އޭނާކުރި ފާފަތަކުން ސަލާމަތްވެވޭ ސަބަބެއް ކަމުގައި ނުވެއެވެ. ފާފަތަކުން ސަލާމަތްވެވޭނީ ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމުންނެވެ. 

ފާފަނުކުރަންވީ އެ ސަބަބަށްޓަކައެވެ. ފާފައެއް ކުރެވިއްޖެ އަވަހަށް ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވަންވީވެސް އެ ސަބަބަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް