އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްވަރު އެލި ނާއުންމީދުވާ މީހުންނަށް ލުއިލިބެން އޮތް ފަސޭހަ މަގެއް!: މުފްތީ މެންކް

ހިތްވަރު އެލި ނާއުންމީދުވާ މީހުންނަށް ލުއިލިބެން އޮތް ފަސޭހަ މަގެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ﷲ ތަޢާލާ ވަނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ވިސްނައި ފިކުރުކުރުމަށް އަންގަވައިފައެވެ. އެއީ އެކަމުން އިންސާނުންގެ ވިސްނުމަށް ހެޔޮ ބަދަލުތައް އަންނާނެތީއެވެ. އުފާވެރިކަން ލިބޭނެތީއެވެ. ﷲ ތަޢާލާއަށް ލޯބި އިތުރުވެގެންދާނެތީއެވެ.  

އުހުގައި އުޅޭ މީހަކު ނަމަ ކުޑަ ދޮރުން ބޭރު ބަލައިލާށެވެ! ރަށްފުށު ސަރަޙައްދެއްނަމަ ފެނިގެންދާނީ ގަސްތަކުގެ ފެހިކަމެވެ. އެއީ ގިނަ ބައަކަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ބިމިގައި އުޅުނަސް އުހުގައި އުޅުނަސް އުޑަށް ބަލައިފިނަމަ ތަފާތު ގޮތްގޮތަށް އުފެދިފައިވާ ވިލާތަކާއި ވިލާތައް ދައުރުވަމުންދާ ގޮތް ފެންނާނެއެވެ. ތަފާތު ކުލަތައްވެސް ފެންނާނެއެވެ. ގިނައިން ފެންނާނީ ހުދުކުލައެވެ. އަމާންކަމާއި އުފާވެރިކަމުގެ ކުލައެވެ.  

އިރުއަރައި އޮއްސޭ މަންޒަރާ ގަސްތަކުގެ ފެހިކަން ބެލުމަކީ މާޔޫސްކަން ކުޑަވެ އުންމީދުތަކަށް ދިރުން ލިބޭނެ ކަމެކެވެ. އެކަންކަމަކީވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. ޢިބްރަތްތެރި ފިލާވަޅުތަކެވެ.  

މާޔޫސްކަމެއްގައި އުޅެންޖެހިފައިވާ މީހަކު ފަތިސްނަމާދުކުރުމަށްފަހު އެމީހަކަށް ކެރިކުޅަދާނަވެގެންވާނަމަ ނިކަން އިރުއަރާ މަންޒަރަށް ބަލަން ހުރެބަލާށެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ވިސްނަމުން މަންޒަރަށް ބަލައިފިނަމަ މުޅި ހަށިގަނޑަށް ތާޒާކަން ލިބިގެންދާނެއެވެ.  

މިއަދުވެސް، ކާފިރުންނަށް ބެލިނަމަވެސް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއްކަމަކީ ގަސްތަކަށް ބެލުމެވެ. ފެހިކުލައިގެ ދޫލައެއްފަދައިން ދުރަށް ފެތުރިގެން ގޮސްފައިވާ ފެހިކަމަށް ބެލުމެވެ. ހިތްހަމަޖެހުން އެލިބެނީ ޤަބޫލުނުކޮށް ހުރެވެސް އޭނާއަށް އެބެލެނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ކަމުގައިވާތީއެވެ.  

ނަފްސާނީ ފަރުވާދޭ ޑޮކްޓަރުންވެސް ޤުދްރަތީ މަންޒަރުތަކަށް ބަލައި ހިތްހަމަޖެހުން ހޯދަން ބުނާނެއެވެ. އެމީހުންގެ މަސައްކަތަށް އުނިކަން ލިބިދާނެތީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކައް ކަމަށް ނުބުނަނީއެވެ. ﷲ ގެ ޙަޟްރަތުން ޝިފާ ލިބުމުގެ ވާހަކަ ނުދައްކަނީއެވެ. އެގޮތަށް ނުބުނި ނަމަވެސް އެދެއްކެނީ ހަމަ މިބަޔާންކުރި ފަދަ ވާހަކަތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް