އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ޙާލަތެއް ކުރިމަތިވެގެންވެސް، ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބިގެންވެސް ދުޢާކުރަން އޮހޮރާ ކަރުނަ ބޭކާރު ނުކުރައްވަވައި އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ- މުފްތީ މެންކް

ކޮންމެ ޙާލަތެއް ކުރިމަތިވެގެންވެސް، ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބިގެންވެސް ދުޢާކުރަން އޮހޮރާ ކަރުނަ ބޭކާރު ނުކުރައްވަވައި އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ- މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މިއީ ދުނިޔެއެވެ. ދުނިޔޭގެ ޙަޔާތުގެ ދުވަސްތައް ކޮންމެ މީހަކާއިވެސް ބައްދަލުކުރާނީ އެއްގޮތަކަށް ނޫނެވެ. އަވިގަދަ ދުވަސްތަކާއި ވިއްސާރަ ދުވަސްތައްވެސް ބައްދަލުކުރާފަދައިން އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތައްވެސް ބައްދަލުކުރާނެއެވެ.

ދަންނާށެވެ! ދުނިޔޭގައި ވަނީ ހަމައެކަނި އުފާވެރިކަމެއް ނޫނެވެ. ހިތްދަތިކަންވެސް ވެއެވެ. ހިތްދަތިކަން ލިބުމުން ރޮވޭ ޙާލުގައިވެސް އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ދުޢާކުރާށެވެ! ހިތާމައާއި ހިތްދަތިކަމުގައި އޮހޮރާ ކަރުނަ ދުވަހަކުވެސް ބޭކާރެއް ނުކުރައްވަވާނެއެވެ! ތިބާގެ ހިތަށްކުރާ އަސަރު ތިބާއަށްވުރެ މާބޮޑަށް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.

ތިބާގެ ވަށައިގެންވާ އެންމެންނަށްވުރެ ﷲ ތަޢާލާ ދެކެ ލޯބިވުން އިތުރުކުރަން މަސައްކަތްކުރާށެވެ! އެންމެންނަށްވުރެ ގާތަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ވެސް ގަދައަޅައި މަސައްކަތްކުރާށެވެ!

ތިބާއަށް ތިބާގެ ވަށައިގެން ފެންނަނީ ކަޅުއަނދރިކަން އެކަނި ކަމަށްވެސް ވެދާނެއެވެ! ކިތަންމެ ގަދަ އަނދިރީގައި ތިބާ ހުރިނަމަވެސް، ތިބާއަށް ތިބާ ނުފެންނަހައި އަނދިރީގައި ހުރިނަމަވެސް ތިބާގެ ހިތުގެ އެންމެ ހިމަ ނާރުވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ޖަހާ ވިންދު ދެކެވޮޑިގެންވެއެވެ. ވިންދުގެ އަޑުވެސް އައސަވައިވޮޑިގެންވެއެވެ!

ކެތްތެރިވެލައި ކިޔަމަންތެރިކަން އިތުރުކުރާށެވެ! ތިބާގެ ވަށައިގެންވާ އަނދިރި ކަމުން ތިބާ ނެރުއްވަވައި ދެއްވަވައި ތިބާ ބޭނުންވާ އަލިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް