އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާންމަހާއި ގުޅިގެން ރައީސް ޑރ. މުޢިއްޒު 5 ކަމަކަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި!

ރަމަޟާންމަހާއި ގުޅިގެން ރައީސް ޑރ. މުޢިއްޒު 5 ކަމަކަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ރޯދައަކީ އަޅުގަނޑުމެންނާ އަހަރަކު އެއް ފަހަރު ބައްދަލުކުރާ އަގުހުރި މެހުމާނެކެވެ. މި މެހުމާނާއެކު އުޅެން މި ލިބޭ މައްސަރުގައި އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދަމަހައްޓަމާތޯއެވެ؟ 

އަޅުގަނޑުމެންގެ ދަރީންނަށާއި، ދިވެހި ކޮންމެ ކުޑަކުއްޖަކަށާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހަދަމާތޯއެވެ؟ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފްސަށް ގެއްލުންހުރި ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އަޅަމާތޯއެވެ؟ 

ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ ޢަޒުމު މި މަހު އައުކުރަމާތޯއެވެ؟ 

އިސްރާފުކުރުމާއި، ވަގުތުގެ ނިޢުމަތް ބޭކާރުކުރުން ފަދަ ވަސްވާސްތަކާ ފެޔަށް ޖެހި، ފުދުންތެރި ދިރިއުޅުމެއް ޚިޔާރުކޮށް، މާދަމާއަށްޓަކައި ދުނިޔަވީ އަދި އުޚްރަވީ ގޮތުން މަންފާހުރި އެތައް ޢަމަލަކާއި ހެޔޮކަމެއް ގޮވާންކުރުމުގެ އާދަ މިމަހު ހިފަން ފަށާމާތޯއެވެ؟ 

ކޮންމެ ދިވެއްސަކީވެސް ޢާއިލާ ދެކެ ލޯބިވާ، އަވަށްޓެރީންނަށް ކަމޭހިތައި، ރަޙްމަތްތެރިކަމުގެ ޙައްޤުތައް އަދާކުރާ އިޙްސާންތެރިއަކަށްވުމުގެ މޮޓޯގައި މި މަހުން ފެށިގެން ހިފަހައްޓަމާތޯއެވެ؟

 

1446ވަނަ އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު