އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
މުސްލިމުން އެކަކު އަނެކަކު ދެކެ ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. ކައިވެނިތައް ރޫޅުން ގިނަވަމުން މިދަނީވެސް އެކަން ދޫކޮށްލެވޭތީއެވެ. ޢާއިލާތަކުގައި މައްސަލަތައް އިތުރުވެ ޙަސަދަވެރިވުން ގިނަވަނީވެސް ހަމަ އެ ސަބަބަށްޓަކައެވެ!
ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. މައްސަލަޖެހެމުންގޮސް އެކަކު އަނެކަކު ދެކެ ލޯބިނުވެވޭ ޙާލަތަށްވެސް ކަންކަން ދާނެއެވެ. އެޙާލަތުގައިވެސް ވިސްނައިލާށެވެ! ޚާއްޞަކޮށް ދެމަފިރިންނަށް ދަރިން ލިބިފައިވާނަމަ ވަކިން ބޮޑަށް ވިސްނަންވާނެއެވެ.
ބައިވެރިޔާ ދެކެ ފޫހިވިޔަސް ﷲ ތަޢާލާއަށްޓަކައި އޭނާދެކެ ލޯބިވާށެވެ! ދެމަފިރިން ވަކިވެއްޖެނަމަ ދަރިންނަށް ޖެހޭނެ ނިކަމެތި ޙާލަށް ވިސްނައިލާނަމަ ދެމަފިރިން ވަކިވުމަކީ އެހާފަސޭހައިން ކުރާނެ ކަމެއް ނޫނެވެ.
ބުނަން ހެއްޔެވެ؟ ދަރިންނަށްޓަކައި ދެމަފިރިން ވަކިނުވެ ޞުލްޙައިގައި ދިރިއުޅޭނަމަ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އިން ޝާ. ﷲ ވީމާ އެޙާލަތުގައި ބައިވެރިޔާދެކެ ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ލޯބިވުން އެއީ ފަސްގަނޑަކަށްޓަކައި ވާ ކަމެއް ކަމުގައިވާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ދޫނުކުރެއްވީހެވެ.
އަދި ލޯބިވުން އެއީ ވަކި ޤަބީލާއަކަށްޓަކައިވާ ކަމެއް ކަމުގައި ވާނަމަ ޤުރައިޝް ވަންހައާ ދެކޮޅަށް އެކަލޭގެފާނު ހަނގުރާމަ ނުކުރެއްވީހެވެ.
އަދި ލޯބިވުން އެއީ ގާތްތިމާގެ މީހުންނަށްޓަކައި ވާ ކަމެއް ކަމުގައި ވާނަމަ އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫ ލަހަބުގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިނުގަތީހެވެ.
އާދެ އިސްލާމީ ޢަޤީދާ އަކީ ޤައުމާއި ދަރިފަސްކޮޅާއި ޢާއިލާއަށް ވުރެވެސް މަތިވެރި އެއްޗެކެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅު މިހެން ހުރި އިރު، ތިމާ ތާއީދުކުރާ ސިޔާސީ ޕާޓީއަކަށްޓަކައި ނުވަތަ ސިޔާސީ މީހަކަށްޓަކައި، މީހުންދެކެ ލޯބިވެ، މީހުންނަށް ނަފުރަތު ކުރާނީ ކިހިނަކުން ތޯއެވެ؟
\--ޝައިޚް މުޙައްމަދު ޝާފިޢު
Advertisement
2 މާޗް 2025