އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު
ޙަދީޘްފުޅުގައި އޮތީ އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތް ކަމަށެވެ. އަދި އާޔަތުލްކުރުސި ކިޔެވުމުން ތިބާ ސުވަރުގެ ވައްދަވާނެތެވެ. އަދި އާޔަތުލްކުރުސިއަކީ ތިބާގެ މައްޗަށް އޮތް ޙިމާޔަތެކެވެ.
އެހެނީ ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސިކިޔަވާ މީހާ ޢާއި ސުވަރުގެ އާއި ދެމެދު ހުރަހަކަށް އޮތީ އެމީހަކު މަރުވުން ކަމުގައި ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ.
Abu Umamah reported: The Messenger of Allah, peace and blessings be upon him, said,
“Whoever recites the ‘verse of the Throne’ (ayat al-kursi) after every prescribed prayer, there will be nothing standing between him and his entry into Paradise but death.”
Source: al-Mu’jam al-Kabīr 7406
ދެވަނަ ކަމަކީ ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔެވުމުން އެމީހަކު ނިދީން ހޭލަންދެން އެމީހާގެ ޙިމާޔަތުގައި މަލާއިކަތަކު ބަހައްޓަވައިދެއްވަވާ ކަމެވެ. އެހެންކަމުން ޝައިޠޯނާޢަކަށް އާޔަތުލްކުރުސި ކިޔަވައިގެން ނިދަން އޮންނަ މީހާ އާއި ކައިރިއެއް ނުވެވޭނެއެވެ. އެކަމުގެ ސަބަބުން ދަމުނަމާދަށާއި ފަތިސްނަމާދަށް ހޭލަން މަގުފަހިވެގެންދެއެވެ. އެހެންވެ އަހުރެން ނިދުމުގެކުރިން 3 ފަހަރު ކިޔަވަމެވެ. އެކަމުގެ ރަނގަޅު ނަތީޖާވެސް ފެނެއެވެ. އިން ޝާ ﷲ
Narrated by Muhammad bin Sirin:
Abu Huraira said, "Allah's Messengeput me in charge of the Zakat of Ramadan (i.e. Zakat-ul-Fitr). Someone came to me and started scooping some of the foodstuff of (Zakat) with both hands. I caught him and told him that I would take him to Allah's Messenger Then Abu Huraira told the whole narration and added "He (i.e. the thief) said, 'Whenever you go to your bed, recite the Verse of "Al-Kursi" (2.255) for then a guardian from Allah will be guarding you, and Satan will not approach you till dawn.' " On that the Prophet said, "He told you the truth, though he is a liar, and he (the thief) himself was the Satan."
ތިންވަނަ ސަބަބެއްވެސް އޮތެވެ. އެއީ ދެއިރުގެ ޛިކުރުތަކުގެ ތެރޭގައި ހިމަނައިގެން އާޔަތުލްކުރިސި ކިޔެވުމަކީ ސިޙުރާއި އެސްފީނާ އަދި ޖިންނި ޝައިޠޯނުންގެ ކިބައިން ރައްކައުތެރިކަން ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ
އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
10 މާޗް 2025