އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޙަދީޘްފުޅަށް ޢަމަލުކުރީމާ އެމީހެއްގެ މައްސަލަތައް ޙައްލުވެ ހިތަށް ހަމަޖެހުން ނުލިބުނު މީހަކު ހުރިކަން އެނގިފައެއް ނެތް!

މިޙަދީޘްފުޅަށް ޢަމަލުކުރީމާ އެމީހެއްގެ މައްސަލަތައް ޙައްލުވެ ހިތަށް ހަމަޖެހުން ނުލިބުނު މީހަކު ހުރިކަން އެނގިފައެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ބައެއް ޝައިޚުން ވިދާޅުވާ ގޮތުގައި ކަންކަމަށް ކިތަންމެ ބޮޑަށް ބޭނުންވެފައި ހުރިނަމަވެސް ކިތަންމެ ގިނައިން އަޅުކަން ކުރިނަމަވެސް މިޙަދީޘްފުޅަށް ޢަމަލުނުކުރާނަމަ އެމީހަކީ އެއްވެސް ކަމަކަށް ބޭނުންވެގެން ހުރި މީހަކު ކަމަކަށް ނުބެލެވޭނެއެވެ.

ވީމާ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ޢަމަލުކުރައްވަން އަވަހަށް ފަށްޓަވާށެވެ! އޭނާ ފަދަ ނަބީބުވެރިއަކަށް ވެލެއްވޭނެއެވެ. އިން ޝާ ﷲ

ކޮންމެ މީހެއްގެވެސް މައްސަލަތަކެއް ހުންނާނެއެވެ. އެގޮތުން އަހަރެންނަކީ މައްސަލަތަކުން ފުރިފައިވީ މީހެކެވެ. މައްސަލަ ނެތީ ދިރިއުޅުމުގެ ކޮންކަމެއްގައިކަން ބުނެދޭން އުނދަގުލެވެ. އެހައިވެސް މައްސަލަތައް ގިނައެވެ.

ލިބޭ އާމްދަނީ އެހައި މަދެވެ. އަންތބަކާއި މައިންބަފައިންނާއި ކުޑަކުޑަ 5 ދަރިން ބަލަހައްޓަންޖެހެއެވެ. ޒަވާޖީ ޙަޔާތުގައި އުފާވެރިކަމެއް ނެތެވެ. ހަކުރުބައްޔާއި ލޭމައްޗަށް ދިއުމަށް ބޭސްފަރުވާކުރަންޖެހެއެވެ. ދެން ނިކަން ބުނެބަލާށެވެ!

އެހާލުގައި އުޅެނިކޮށް އެއްދުވަހަކު ރައްޓެހި ޝައިޚަކު ވިދާޅުވިއެވެ. "މައްސަލަތައް ޙައްލުކުރަން ތިބާ މަސައްކަތެއް ނުކުރެއެވެ. ތިބާ ﷲ ތަޢާލާ ދެއްވަވާ ދައުވަތު ޤަބޫލެއް ނުކުރެއެވެ. ﷲ ތަޢާލާގެ ޚަޒާނާއިން ލިބިގަންނަން މަސައްކަތެއް ނުކުރަމުއެވެ. ޚަޒާނާއިން ބަލައި އަންނަން ވަޙީކުރައްވަވާ އަޑުވެސް ތިބާ ނުއަހަމުއެވެ. ފުރަތަމަ ކަމަށް ތބާއަށް ﷲ ތަޢާލާ ދެއްވަވާ ދަޢުވަތު ނިކަން ޤަބޫލުކޮށް ޢިޖާބަދީ ﷲ ތަޢާލާގެ ޙަޟްރަތުން ނިޢްމަތްތައް ލިބިގަންނަން މަސައްކަތްކޮށްބަލާށެވެ!"

އަހަރެން ދިއައީ ސިއްސައިގެންނެވެ. އަހަރެން ނަމާދުކުރަމެވެ. ދުޢާކުރަމެވެ. އެހެންކަމުން ޝައިޚް އެވިދާޅުވި ބަސްފުޅު އެހައި ސާފެއް ނުވިއެވެ. އިތުރު ތަފްޞީލަށް އެދި ދެންނެވުމުން ވިދާޅުވިއެވެ.

"މބުނަނީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައި މިޙަދީޘްފުޅަށް ޢަމަލުނުކުރާ ވާހަކައެވެ." އެއަށްފަހު ވިދާޅުވިއެވެ.

"ތިމަންމެންގެ ވެރިރައްބު ﷲ ތަބާރަކަ ވަތަޢާލާ ކޮންމެ ރެއެއްގެ ފަހުބައިގައި ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގަންނަވައެވެ. އަދި ވަޙީކުރައްވައެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކުހެއްޔެވެ. އެމީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކޮށްދެއްވާހުށީމެވެ. ތިމަން އިލާހުގެ ހަޟްރަތުން އެދި ދަންނަވާނީ ކާކުހެއްޔެވެ. އެމީހަކަށް ތިމަންއިލާހު ދެއްވާހުށީމެވެ. ފާފަ ފުއްސަވާދެއްވުން އެދި ތިމަން އިލާހަށް ދަންނަވާނީ ކާކުހެއްޔެވެ. އެމީހެއްގެ ފާފަ ތިމަން އިލާހު ފުއްސަވާދެއްވާހުށީމެވެ"

އަހުރެން އެ ޙަދީޘްފުޅަށް ޢަމަލުކުރަންފެށީމެވެ. ކޮންމެ ރެއަކު ތެދުވެ ދަމުނަމާދުކޮށް ޤުރްއާންކިޔަވައި ޛިކުރުކޮށް ދުޢާކުރަން ފެށީމެވެ.

މިއީ އެއިގެ 3 އަހަރުފަހެވެ. މިއަދު ބުނަން މިޖެހެނީ އަހަރެންގެ ހުރިހާ ބޭނުންތަކެއް ފުދިފައިވާ ކަމަށެވެ. މާލީ ތަނަވަސްކަންވެސް އަހަރެންނަށް ދިރިއުޅެލެވޭވަރަށް ލިބިއްޖެއެވެ. ވަޒީފާ މަތިވެ މުސާރަބޮޑުވީއެވެ. ޒަވާޖީ ޙަޔާތް އުފާވެރި ޙަޔާތަކަށް ބަދަލުވެއްޖެއެވެ. ކަމުން އައި ބޭސްތައް ކާންޖެހޭ މިންވަރު ބޮޑުތަނުން މަދުވެއްޖެއެވެ.

ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. އެއީ ދިރިއުޅޭނެ ތަނެކެވެ. ޢާއިލީ ގެއާއި ވަކިން އަމިއްލަ ދިރިއުޅުމެއް އުޅެން ފަށަން ބޭނުންވާތީ އެކަމަށް ކުރި އުންމީދެވެ. އެކަންވެސް ޙާޞިލުވީ އެންމެ 20 ރިޔާލައަށް ފިހާރައަކުން ކުރި ވިޔަފާރިއެއްގައި ލިބުނު ކޫޕަނަކުންނެވެ. 4 ކޮޓަރީގެ ފްލެޓެއް ލިބުނީ އެއްވެސް ބުރައަކާއި ނުލައެވެ.

މިއީ އަހަރެންގެ ޙަޔާތް ބަދަލުކޮސްލި ޙަދީޘްފުޅެވެ. ކެރިކުޅަދާނަވެގެންހުރެ މި ޙަދީޘްފުޅަށް ޢަމަލުކުރުން ހުއްޓައެއް ނުލާނަމެވެ. އިން ޝާ ﷲ

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް