އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާންމަހުގެ ދުވަސްތަކާ ރޭތައް ކުޅިވަރާ މަޖަލުގަ ހޭދަކުރާ މީހުން އެނަގައިލަނީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހި ފުރުޞަތު: ޝައިޚް އާދަމް ނިޝާން

ރަމަޟާންމަހުގެ ދުވަސްތަކާ ރޭތައް ކުޅިވަރާ މަޖަލުގަ ހޭދަކުރާ މީހުން އެނަގައިލަނީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހި ފުރުޞަތު: ޝައިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 32 ސިކުންތު

ރޯދަ (އަރަބި) "ރޯދައަކީ އެއީ އައްޑަނައެކެވެ." މީހާ ނުބައި ކަންކަމުން ރައްކާތެރިކޮށްދޭ، ދުރުކޮށްދޭ. ރޯދައަކީ އޭނަ ނަރަކައަށް ވަންނަނީ، އެހެންނަމަވެސް އޭނަ ހެޔޮ ޢމަލުތައް މަދުވެފައި ވަނިކޮށް ﷲ ގެ ހަޒްރަތުގައި ޝަފާއަތްތެރިވާނެ އަޅުކަމެއް އެ ރޯދައަކީ. އެ ރޯދަ ބުނާނެ ޤިޔާމަތް ދުވަހުން އިމަﷲ ގެ އަޅާއަކީ އިމަ ﷲ އަށްޓަކައި ނުކައި ނުބޮއެ ރޯދައަށް ހުރި އަޅެކެވެ. ޝަފާއަތްތެރިވާނެ ﷲ ގެ ހަޒްރަތުގައި އޭނަ ނަރަކައިން ސަލާމަތްކޮށްދިނުމަށް. ކިތައް މީހުންތޯ މިކަމަށް ވިސްނައިގެން މި ޢަޒުމްގައި، މި ޤަސްތުގައި މި ރޯދަތައް ހިފަނީ.  

ކޮންމެއަކަސް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ މި ޙަދީޘްބަސްފުޅުގައި ﷲ ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރައްވައޭ މި މައްސަރުގައި. އަދި ހަމައެއާ އެކީގައި (އަރަބި) "ސުވަރުގޭގެ ދޮރުކޮޅުތައް އެއިލާޙު ހުޅުއްވަވައޭ." (އަރަބި) " އަދި އެ މައްސަރުގައި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރައްވަވައޭ" (އަރަބި) " ޝައިޠާނުންގެ ތެރެއިންވާ މާރިދުންތައް ކަސްތަޅުއަޅުވާ ހައްޔަރު ކުރެވެއެވެ." (އަރަބި) އަދި އެ މައްސަރުގައި ވެއޭ ރެއެއް، ﷲ ތަޢާލާ އެރޭގެ ހެޔޮކަން އެއްހާސް މައްސަރަށްވުރެ އިތުރުކުރައްވާފައިވާ، ހެޔޮކަން ބޮޑުކަމުގައި ލައްވާފައިވާ." (އަރަބި) " އެރޭގެ ހެޔޮކަމުން މަހްރޫމްވެގެންފި މީހާ ހުރިހާ، ހުރިހާ ހެޔޮކަމަކުން މަހްރޫމް ވެއްޖެއެވެ."  

ދެން ކިހިނެއްތޯ އަޅުގަނޑުމެން އެރޭތަކުގައި ކުޅިވަރާއި މަޖަލުގައި ނަގާލާންވީ. ހުރިހާ މުބާރާތްތަކެއްވެސް އެންމެ ފަހު މަރުހަލާ އަންނާނީ ފަހު ދިހައިގަ. އެންމެ ފޯރި ނަގާފަ އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު މިސްކިތުގައި ތަރާވީޙް ނަމާދުކޮށް ޖަމާއަތުގައި ދަންވަރު ގަޑީގައިވެސް ތެދުވެ ދަމު ނަމާދުގައި އެއް ނަމާދެއް އެއީ، ހޭދަކުރާއިރުގައި އެތައް ބަޔަކު މައިދާން ތަކުގައި ކުޅިވަރު މައިދާންތަކުގައި، ސްޓޭޑިއަމްތަކުގައި ފޯރި ނަގާފަ ޓީވީ އާއި ރޭޑިއޯތަކުގެ ދޮށުގައި ވެސް. އެހެންވީމާ ޣާފިލްވެ ވަޑައިނުގަންނަވާ.  

އަޅުގަނޑުމެން ކޮން ޔަޤީންކަމެއްތޯ އޮތީ އަޅުގަނޑުމެން މި ރަމަޟާންމަސް ނިމެންދެންވެސް ދުނިޔޭގައި ތިބޭނެކަމުގެ. އަޅުގަނޑުމެންނާ އެކީގައި މިދިޔަ ރަމަޟާން މަހުގައި ރޯދަ ހިފި ކިތައް ކިތައް މީހުންތޯ މި ރަމަޟާންމަހު އަޅުގަނޑުމެންނާ އެކީ އެބަތިބިތޯ. ނެތް. އަލްވަދާއު ކިޔައި ދޫކޮށްފައި ދުނިޔެ ދޫކޮށް ގޮސްފައިވަނީ. އެތައް ބަޔަކު އެމީހުންގެ ކަށްވަޅުގައި އެވަނީ. އެމީހުން އަޅުގަނޑުމެން ފަދައިން ހަމަ އުއްމީދު ކޮށްގެން ތިބީ މިއަހަރުވެސް، މިއަންނަ އަހަރުވެސް، ދެން އަންނަ އަހަރުވެސް، ކުރިއަށް އޮތް އަހަރުތަކުގައިވެސް ތިމަންނަ ރޯދަ ހިފާލާ އަޅުކަންކޮށް މުސްކުޅި ވީމަ އިސްލާހްވެ ރަނގަޅުވެ ތަޤުވާވެރިއަކަށް ވެގެން އުޅޭނަމޭ. އެހެންތިއްބާ ހަމަ ކުއްލިއަކަށް މަރު އައިސް އެތައް ބަޔަކު. މުސްކުޅިންނެއް ނޫން. އެތައް ޒުވާނުންނެއް. ކަށު ނަމާދަށް އިޢުލާން ކުރާ ވައިބާރ ޕޭޖްތައް ބައްލަވާލައްވާ. ކަށުނަމާދަށް އިޢުލާނުކޮށްފައި އިޢުލާން ކުރުންތައް މާލޭގައި އެކަނި ހަމައެކަނި މިދިޔަ ހަފްތާއެއް ދެ ހަފްތާގައި، މިދިޔަ ހަފްތާއާއި އޭގެ ކުރީ ހަފްތާއަށް ބަލައިލިޔަސްވެސް 21 އަހަރު،27 އަހަރު، 30 އަހަރު، 40 އަހަރު. އެތައް ބައިވަރު ޒުވާނުންނެއް. އަޅުގަނޑުމެންނަށްވެސް އަންނާނެ އެދުވަސް. އަޅުގަނޑުމެން މިއަދު މިތަނުގަ މިތިބީ. ދެން އަންނަ ރަމަޟާން މަހެއްގައި އަޅުގަނޑުމެން މި މިސްކިތުގެ ޖަމާޢަތަށް އައިސް އަޅުގަނޑުމެންގެ ގެތަކުގައި އަޅުގަނޑުމެންގެ އާއިލާ މީހުންނާއި އެކީގައި ރޯދަ ހިފާ އަޅުކަން ކުރުމަކަށް ނުތިބޭނެ ދުވަހެއް. ނޭންގޭނެ އެވަގުތު އައިސް ޖެހުނީމަ އަޅުގަނޑުމެން ދާންވީ.  

އެދުވަސް އަންނާނެ. އެތައް ބަޔަކު އެމީހުންގެ ކަށްވަޅުތަކުގައި އެތިބީ އެންމެ ސަޖިދައެއް ޖަހާލުމަށްޓަކާވެސް ދުނިޔެއަށް އެނބުރި އާދެވޭނެ ނަމައޭ އެމީހުން ހިތަހިތާ ތިބޭނެ. ﷲ އަށް ޓަކާ އެންމެ ރޯދައެއް ހިފާލުމަށްޓަކާވެސް ދުނިޔެއަށް އެނބުރި އާދެވޭނެ ނަމައޭ އެދިއެދި އެތައް ބަޔަކު ތިބޭނެ. އެހެންވެ އަލް މުއުމިނޫން ސޫރަތުގެ 99 ވަނަ އާޔަތާއި 100 ވަނަ އާޔަތުގަ ﷲ ތަޢާލާ ވަޙީ ކުރައްވަނީ އެފަދަ މީސްމީހުން އެމީހުން ގާތަށް މަރުއައިސް ބައްދަލުކުރާހިނދު އެމީހުން ﷲ އާ ބައްދަލު ކުރުމަކަށް ތައްޔާރެއް ނުވޭ. އުރެދުމުގައި ހޭދަކުރި ދުވަސްތައް (އަރަބި) " އޭގެން މީހެއްގެ ގާތަށް މަރު އައިސް ބައްދަލުކޮށްފި ހިނދެވެ." (އަރަބި) " އެމީހުން ބުނާނެތޭ މިއަޅާގެ ވެރި ރައްބޭ! އޭނަ ބުނާނެތޭ." (އަރަބި) " މިއަޅާ އަލުން އަނބުރާ މި ދުނިޔެއަށް ފޮނުއްވާނެދޭވެ." (އަރަބި)"ތިމަންނަ މި ދުނިޔެ މަތީގައި ނުކޮށް ދޫކޮށްފައި ދިޔަ ހެޔޮ ޢމަލުތައް ކުރުމަށް އަލުން އަނބުރާ ދުނިޔެއަށް ފޮނުއްވާންދޭވެ." (އަރަބި) ﷲ ވަޙީ ކުރައްވަނީ (އަރަބި) " ހަމަހިލާ އެހެންނަކުން ނޫނޭ" (އަރަބި) " އެއީ އޭނަގެ ދުލުން ބުނެލާ ބަސްތަކެކެވެ." (އަރަބި)" އެމީހުންގެ ފުރަގަހުން ވަނީ ބަރުޒަޚުގެ ޢާލަމެވެ، އަލުން އަނބުރާ ދިރުއްވައިފުމަށް ދާންދެން. ދެނެއް އެނބުރިއެއް ނާދެވެނެއޭ" 

ހެޔޮ ޢަމަލު ކުރުމަށް އިންތިޙާއަށް ބޭނުންވެފައިވަނީ. ދެން ކީއްވެތޯ އަޅުގަނޑުމެން މި ދުވަސްތައް ނަގާލަންވީ. މި ދުވަސްތަކާއި ރޭތައް، ރޯދަ ހިފައިގެން އޭނަގެ ހުރިހާ ފާފައެއް އެބަ ފުހެވޭ. ޢީމާން ކަމާއި މި މައްސަރުގެ ދަރުމައާއި ޘަވާބަށް އެދި ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވާދެއްވާނެ. ބޮޑެތި ފާފަތައްވެސް އޭނާ ތައުބާވެއްޖެ ކަމުގައި ވާނަމަ ﷲ ތަޢާލާ ފުއްސަވާ ދެއްވާނެ. ހަމައެއާއެކީގަ (އަރަބި) " ރަމަޟާން މަހުގެ ރޭތަކުގައިވެސް އަޅުކަމުގައި ހޭދަވެއްޖެ މީހާ، ރޭ ތަރާވީޚް ނަމާދާއި ރޭ އަޅުކަމުގައި އޭނާ ތެދުވެ ހޭދަކުރީ މި ދަރުމައާއި ޘަވާބަށް އެދި ފުރިހަމައަށް ޢީމާން ވާ ހާލު އޭނަގެ އިސްވެދިޔަ ހުރިހާ ފާފައެއްވެސް ފުއްސަވާ ދެއްވާނެކަމުގަ.  

ހަމައެގޮތަށް ލައިލަތުލް ޤަދްރި ރެއާ ބެހޭގޮތުންވެސް ޙަދީޘްފުޅު ކުރައްވަނީ (އަރަބި) " ލައިލަތުލް ޤަދްރި އެރޭގައި ޢީމާންކަމާއެކު އެރޭގެ ދަރުމައާއި ޘަވާބަށް އެދި އަޅުކަމުގައި ހޭދަވެއްޖެ މީހާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވާ ދެއްވާނެއެވެ." ރަނުގެ ފުރުސަތެއް. އަޅުގަނޑުމެން ހިތްވަރާ އެކީގައި މަސެއްކަތް ކުރަން ނުވޭތޯ. ފަހަރެއްގަ ހިތްޕުޅަށް އަރާ ވަޑައިގެންފާނެ، ތިމަންނައަކީ މި ހުރިހާ ދަރުމައާއި ޘަވާބެއް ދިންނެވުމާއި ފުއްސެވުން ޙައްޤުވާ ވަރަށްވުރެ މާ ޢީމާންތެރިކަން ބަލިކަށި ފާފަތައް ގިނަ އުރެދުން ބޮޑު މީހެކޭ. ނޫން، ލޮބުވެތ އަޚުންނާއި އުޚުތުންނޭ. އަޅުގަނޑުމެން ފަދަ ފާފަކުރެވޭ، އަޅުގަނޑުމެން ފަދަ ﷲ ގެ ރަޙްމަތަށް ބޭނުންވެފައިވާ އެއިލާޙުގެ ހަޒްރަތުން ދިންނެވުމާއި ފުއްސެވުމަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާ ދެއްވާ، އަޅުގަނޑުމެންގެ ހެޔޮ ޢަމަލްތައް އިތުރުކޮށްދެއްވާ، އަޅުގަނޑުމެންނަށް އެ އިލާޙުގެ ހަޒްރަތުން އެވާ މަތިވެރި ވެގެންވާ ޖަންނަތު، ސުވަރުގެ ދެއްވުމަށްޓަކާ އެއިލާޙު މި ރަމަޟާންމަސް ޝަރުޢު ކުރައްވާފައި މިވަނީ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އިންޝާﷲ މި މަތިވެރި ދަރުމައާޢި ޘަވާބު ލިބޭނެ މީހެއް ކަމުގައި ވެވިދާނެ. ރަމަޟާންމަސް ނިމޭއިރަށް އމީހެއްގެ ހުރިހާ ފާފަ ފުހެވި ގޮސްފައިވާ މީހެއްކަމުގައި ވެވިދާނެ. ރަމަޟާން މަހުގެ ރޭތަކުގައި އެތައް ބަޔަކު ނަރަކައިން މުއްތިކޮށްދެއްވާ ސަލާމަތް ކޮށްދެއްވާއިރު އެ ނަރަކައިން ސަލާމާތްވާ މީހުންގެ ތެރޭގައި އަޅުގަނޑުމެންނަށް ވެވިދާނެ. ލައިލަތުލް ޤަދްރީގެ އެމަތިވެރި ދަރުމައާއި ޘަވާބު ޙައްޤުވާ ބައެއް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވެވިދާނެ. ހިތްވަރާ ޢަޒުމާއެކީގައި މަސެއްކަތް ކުރައްވާ. ޔަޤީން އިޚްލާސްތެރި ކަމާއެކީ މަސެއްކަތް ކޮށްފިއްޔާ ލިބޭނެ. ޔަޤީން. އެއީ ތޯތޯ ބަސްފުޅެއް ނޫން. އެއީ ﷲ ގެ މަތިވެރި ނަބިއްޔާގެ ދޫފުޅުން ބޭރު ކުރައްވާފައިވާ ޙައްޤު ތެދު ބަސްފުޅު. އަޅުގަނޑުމެން ކަހަލަ ފާފަ ކުރެވޭމީހުންނަށް އަޅުގަނޑުމެންގެ ނަފްސުތައް ޠާހިރު ކޮށްދެއްވާ ހެޔޮ ޢަމަލުތައް އިތުރު ކޮށްދެއްވުމަށްޓަކާ. ކީއްވެގެންތޯ ދެން އަޅުގަނޑުމެން އަވަސްވެ ނުގަންނަންވީ. އަޅުގަނޑުމެން ޣާފިލް ކަމުގެ ނިދިން ހޭލާ މި ދުވަސްތައް އަޅުގަނޑުމެން ހެޔޮ ގޮތުގައި ހިފަންވީ. އަޅުގަނޑުމެންނަށް އޭރުން މި މަހުގެ ދުވަސްތަކުގައި މިވާ މަތިވެރި ދަރުމައާއި ޘަވާބު ޙައްޤުވާ ބައެއް ކަމުގައި ވެގެންދާނެ.  

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެންގެ ފާފަތައް ފުއްސަވާ ދެއްވާ ނަރަކައިން މުއްތި ކޮށްދެއްވާވާ، އެއިލާޙުގެ ހަޒްރަތުން އެވާ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސް ލިބޭ ބައެއް ކަމުގައި އަޅަމެން ލައްވާށި. (އަރަބި)

ވައްސަލާމް ޢަލައިކުމް ވަރަޙްތުﷲ ވަބަރަކާތު

 

- ޝައިޚް އާދަމް ނިޝާން ޢަލީގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު