އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިއުކަންބާ ވެލަށް ޖެހޭ ބަލިތަކާއި އޭގެ ފަރުވާ

ކިއުކަންބާ ވެލަށް ޖެހޭ ބަލިތަކާއި އޭގެ ފަރުވާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ކިއުކަންބާ އަކީ ދިވެހި ރާއްޖޭގެ ދަނޑުތަކުގައި ތިޔާގި ތަރުކާރީއެކެވެ. އަދި މިއީ އެންމެ ގިނައިން ދަނޑުވެރިން ހައްދާ، އަދި އަހަރެމެންގެ ކާބޮތަކެތީގެ ތެރޭގައި މުހިންމު ދައުރެއް އަދާކުރާ ބާވަތެކެވެ. މިހާރު ކިއުކަންބާ ރާއްޖެއިން ބޭރުން އެތެރެކުރާ ނިސްބަތަށްވުރެ ރާއްޖޭގައި ހައްދާ ނިސްބަތް ވެސް އިތުރެވެ. އެހެންނަމަވެސް މި ބާވަތް ހައްދާ ދަނޑުވެރިނަށް ދިމާވާ އެއް ގޮންޖެހުމަކީ ވެލަށް ޖެހޭ ތަފާތުބަލިތަކެވެ. އެެހެން ކަމުން މި ބަލާލަނީ ކިއުކަންބާ ވެލަށް ޖެހޭ ބައެއް ބަލިތަކާއި އޭގެ ފަރުވާއަށެވެ.

ޕައުޑަރީ މިލްޑޫ:

މިއީ ގަހަށް ޖެހޭ ފަންގަސް ބައްޔެކެވެ. މި ބަލިޖެހުމުން ފަތްތަކުގެ މަތީ ފުށުގައި ހުދުކުލައިގެ ފުލެއްޖަހާފައި ހުންނަކަން ފާހަގަވާނެއެވެ.

ހައްލު:

މިބަލި ކޮންޓްރޯލްކުރުމަށްޓަކައި ފަންގިސައިޑެއްވެސް ބޭނުންކުރެވިދާނެއެވެ. މިގޮތުން ސަލްފަރ، ފޮލިކަރ ފަދަ ފަންގިސައިޑް ބޭނުންކުރެވިދާނެއެވެ. އަދި ބަޔޯ ކޮންޓްރޯލަކަށް ބެސިލަސް ސަބްލިޓިސް ބޭނުންކުރެވިދާނެއެވެ. ގަވާއިދުން ނީމް އޮއިލްފަދަ ތެލެއް ބޭނުންކުރުމުންވެސް މި ބަލި ފެތުރުން ކޮންޓްރޯލްކުރެވެއެެވެ.

ރަތްދޫނި ނުވަތަ ޕަމްކިން ބީޓަލް:

މިއީ ކަރާ އާއިލާގެ ގަސްތަކަށް ހަމަލާދޭ ގަދަ އޮރެންޖު ކުލަޔަށްދާ ދޫންޏެކެވެ. މި ދޫނި ފަތްތައް ކެއުމުގެ ސަބަބުން ފަތްތަކުގައި ކުދި ލޯވަޅުތަކެއް އެޅިފައި ހުންނާނެއެވެ.

ޙައްލު:

މި ބާވަތުގެ ދޫނި ކޮންޓްރޯލް ކުރުމަށް މިރުސް ބޭސް ނުވަތަ ދުންފަތު ބޭސް ބޭނުންކުރެވިދާނެއެވެ. ކޮންޓްރޯލް ނުވެއްޖެ ހާލަތެއްގައި ކާބްރިލް ފަދަ އިންސެކްޓިސައިޑެއް ސްޕްރޭ ކުރެވިދާނެއެވެ. މިގެ އިތުރުން ސްޓްކްލް ޖީ ފަދަ ބޭހެއް ގަސްތައް ޅައިރު ބޭނުންކުރެވިދާނެއެވެ.

ލީފް މައިނާ ނުވަތަ ސޮއިފަނި:

މި ފަނި އުޅޭކަމުުގެ އަލާމާތެއްގެ ގޮތުން ފަތުގެ މަތީ ފުށުގައި ސޮއިކޮށްފައި ހުންނަ ކަހަލަ ހުދު އަޅި ކުރެހުމެއް ފެންނަން ހުންނާނެއެވެ. އެއީ ފަނި ދުވެފައި ހުންނަ މަގެވެ.

ޙައްލު

މި ފަނި ކޮންޓްރޯލް ކުރުމަށް ގަވާއިދުން ނީމް އޮއިލް ނުވަތަ ވައިޓްއޮއިލް އަދި ލޮނުމެދު ބޭސްވެސް ބޭނުންކުރެވޭނެއެވެ. މިފަދަ އެއްޗަކުން ކޮންޓްރޯލްނުވާނަމަ ސިސްޓަމިކް އިންސެކްޓިސައިޑެއް ބޭނުން ކުރެވިދާނެއެވެ.

 

މައުލޫމާތު: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު