އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަންވެލި ޝޮޕްތަކުން ފިޔާ ކުރިއަށްވުރެވެސް އަގުހެޔޮކޮށް ކިލޯއެއް އެންމެ 8 ރުފިޔާއަށް ވިއްކަން ފަށައިފި!

އުފަންވެލި ޝޮޕްތަކުން ފިޔާ ކުރިއަށްވުރެވެސް އަގުހެޔޮކޮށް ކިލޯއެއް އެންމެ 8 ރުފިޔާއަށް ވިއްކަން ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 47 ސިކުންތު

އުފަންވެލި ޝޮޕްތަކުން ފިޔާ ކުރިއަށްވުރެވެސް އަގުހެޔޮކޮށް ކިލޯއެއް އެންމެ 8 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ މިމަހުގެ 30 އާއި ހަމައަށް އިންޑިއާ އަދި ޕާކިސްތާނު ފިޔާވެސް ކިލޯއެއް 8 ރުފިޔާއަށް ވިއްކާނެ ކަމަށެވެ. އަދި 26 ކިލޯގެ އިންޑިއާ ފިޔާ ބަސްތާއެއް 180 ރުފިޔާއަށް ވިއްކާނެ ކަމަށާއި 15 ކިލޯގެ ޕާކިސްތާނު ފިޔާ ބަސްތާއެއް 115 ރުފިޔާއަށް ވިއްކާނެ ކަމަށެވެ. 

މީގެ އިތުރުން ކްރިމްސަމް މޭބިސްކަދުރުކިލޯއެއް 50 ރުފިޔާއަށް ވިއްކާއިރު 4 ކިލޯގެ ކޭހެއް ވިއްކަނީ 180 ރުފިޔާއަށެވެ! 

މީގެ އިތުރުން ރަމަޟާން މަހު ފަސޭހަކަމާއިއެކު ފަނިގިރައިލެވޭނެ ފްރްޓް ޕަލްޕް ވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ ވިއްކަމުންނެވެ. އަޞްލް މޭވާގެ ރަހަ ލިބިގެންދާ ފްރުޓްޕަލްޕަކީ ދުނިޔޭގެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ބާވަތެކެވެ. 

250 ގްރާމްގެ ފްރޯޒަން ޕެޝަންފުރުޓް ޕަލްޕް ޕެކެޓެއް ވިއްކަނީ 55 ރުފިޔާއަށެވެ.

250 ގްރާމްގެ ފްރޯޒަން ޕައިންއެޕްލް ޕަލްޕް ޕެކެޓެއް ވިއްކަނީ 50 ރުފިޔާއަށެވެ.

250 ގްރާމްގެ ފްރޯޒަން ވުޑްއެޕަލް ޕަލްޕް ޕެކެޓެއް ވިއްކަނީ 40 ރުފިޔާއަށެވެ.

250 ގްރާމްގެ ފްރޯޒަން އަނޯނާ ޕަލްޕް ޕެކެޓެއްވެސް ވިއްކަނީ 40 ރުފިޔާއަށެވެ. 

އިރާނުގެ ފޮނި އާފަލުވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ. އާފަލެއް 4 ރުފިޔާއަށް ވިއްކާއިރު 65 ކައުންޓުގެ ކޭހެއް ވިއްކަނީ 240 ރުފިޔާއަށެވެ.

އުފަންވެލި ޝޮޕްތަކުން ކުކުޅުމަހުގެ ބާވަތްތަކާއި ތަފާތު ތަރުކާރީއާއި މޭވާގެ އެތައް ބާވަތެއް ހިމެނޭ ޕްރަމޯޝަނެއް މިހާރުވެސް އެބަ ކުރިއަށް ގެންދެއެވެ. އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ ތަފާތު ޕްރަމޯޝަންތައް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރަމަޟާންމަހު ކަސްޓަމަރުންގެ ޖީބުތަކަށް ލުއިކޮށްދިނުން ކަމަށެވެ.  

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު