އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމިގްރޭޝަންގެ އަލިމަސް ޔޫބީލްގެ މުނާސަބަތާ ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި

އިމިގްރޭޝަންގެ އަލިމަސް ޔޫބީލްގެ މުނާސަބަތާ ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މޯލްޑިވްސް އިމިގްރޭޝަންގެ އަލިމަސް ޔޫބީލްގެ މުނާސަބަތާ ގުޅިގެން ރައީސުލްމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްމްހޫރިއްޔާ ތަހުނިޔާ ފޮނުއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލް މުނާސަބަތުގައި، އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާ ވިދާޅުވެ، ޝުކުރު ދަންނަވާފައިވެއެވެ.

‎އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނުންވަނީ ނިންމަވާފައެވެ. މިގޮތުން ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއަރ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒް އެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ދޭންފަށާފައިވަނީ 24 މާރިޗު 1950 ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު