އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ޕާސްޕޯޓު ހަވާލުކުރުމަށް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފި

ޙައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ޕާސްޕޯޓު ހަވާލުކުރުމަށް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ޕާސްޕޯޓު ޙައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލު ވިދާޅުވި ގޮތުގައި، މި އަހަރުގެ ޙައްޖަށް ތައްޔާރުވުމުގެ ގޮތުން އިދާރީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޙައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވާ ގިނަ ފަރާތްތަކުން އަދިވެސް ޕާސްޕޯޓު ހަވާލުކޮށްފައި ނުވުމެވެ.

ޝަކީލު އިތުރަށް ވިދާޅުވި ގޮތުގައި، ޙައްޖު ވިސާއަށް މި ހަފުތާގައި ހުޅުވާލާނެ ކަމަށް އަންގާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޕާސްޕޯޓު ހަވާލުނުކުރާ ފަރާތްތަކަށް ވިސާ ލިބުމުގައި ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.

އަދި މިފަދަ ހާލަތެއް މެދުވެރިވެ ޙައްޖު ވިސާ ނުލިބިއްޖެނަމަ، އެ ފަރާތްތަކަށް ޙައްޖަށް ދިއުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އިންޒާރު ދީފައެވެ.

އެހެންކަމުން، ޙައްޖަށް ދިއުމަށް ހޮވިފައިވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ޕާސްޕޯޓު ޙައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު