އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
އެމްޓީސީސީން މިއަދު ހެނދުނު 9:00 ގައި ކުޑަގިރިއަށް ފެރީ ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތައް ފަށާފައިވަނީ ފިތުރު ޢީދާ ގުޅުވައިގެންނެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، ކުޑަގިރިއަށް ދަތުރުތައް ފަށާފައިވަނީ އެތަނަށް ކުރާ ދަތުރުތައް އިތުރަށް ހަރުދަނާކޮށް، ދަތުރުކުރާ ފަރާތްތަކަށް އިތުރު ފުރިހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. "ފިޠުރު ޢީދު ދުވަހަށްވުމާއެކު ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ޚާއްޞަ ދަތުރުތަކެއް އޮންނާނެ" ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި ދަތުރުތައް ކުރިއަށް ގެންދާނީ ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައި މާލޭގައި ހުންނަ ހެންވޭރު ފެރީ ޓާމިނަލުން ކުޑަގިރިއަށް އަދި ކުޑަގިރިން މާލެއަށެވެ. ދަތުރުތައް ކުރިއަށް ގެންދާނީ އެއަރކޮންޑިޝަން ކުރެވިފައިވާ ފެރީއެއްގައި ކަމަށާއި، ކޮންމެ ދަތުރެއްގެ ދިގުމިނަކީ 35 މިނެޓް ކަމަށް އެމްޓީސީސީން ހާމަކުރެއްވިއެވެ.
ދަތުރުގެ އަގަކީ ކޮޅަކަށް 70 ރުފިޔާއެވެ. ދަތުރު ކުރުމަށް ޓިކެޓް ނެގުމަށް އެސްޓީއެލް އޮންލައިން ޕޯޓަލް (mv.mtcc.stl) މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.
ކުރިއަށް އޮތް ތަނުގައި ހުކުރު އަދި ހޮނިހިރު ދުވަހު މާލެއިން ކުޑަގިރިއަށް ދަތުރު ކުރުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.
Advertisement
30 މާޗް 2025