އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާމިޔާބާ ފަލާޙް ލިބުން އެދޭމީހާ ރަސޫލާ ޞޢޥ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނަހީތަކާއި ދުރުވާންޖެހޭނެ!

ކާމިޔާބާ ފަލާޙް ލިބުން އެދޭމީހާ ރަސޫލާ ޞޢޥ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނަހީތަކާއި ދުރުވާންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 12 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންތެރިވެ އެކަލޭގެފާނު ކުރެއްވެވި އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނަހީތަކުން ދުރުވުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ގަބޫލުކުރުމަކީ އަޅުގަނޑުމެންގެ އިސްލާމް ދީނުގައިވެސް އަންގަވާފައިވާ ގޮތެވެ. 

އަދި ދެކަމެއްގައި ދީނުގައި ބަޔާން ކުރައްވާފައިވެއެވެ. އެއީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ތަބަޢަވުމެވެ. އެކަމުގެ ސަބަބުން ފިތުނަތަކުން ރައްކާތެރިވެ، ކާމިޔާބީ އާއި ފަލާހާއި ސުވަރުގެ ލިބުންވެއެވެ. 

މީގެ އިތުރުން ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންތެރިވުމުގެ ސަބަބުން ސުވަރުގެ ވަދެވިގެން ދެއެވެ. އަދި އެކަލޭގެފާނަށް ތަބަޢަވުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކަށްވެސް ވާޖިބު ވެގެންވާ ކަމެކެވެ. އަދި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންތެރިނުވުމުގެ ސަބަބުން ފިތުނަވެރިކަމަށް މީހާ ގޮސް ނަރަކައަށް ވަންނަ ސަބަބެއް ކަމުގައިވެއެވެ.   

މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا ﴿٦٥﴾‏ މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكم ވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ. (65)" 

މީގެ އިތުރުން ކީރިތި ޤުރްއާނުގެ އަޙްޒާބު ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا ﴿٣٦﴾‏ މާނައީ: "އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ. (36)" 

عن أبي هريرة  أن رسول الله قال: كل أمتي يدخل الجنة إلا من أبى! قيل: ومن يأبى يا رسول الله؟! قال: من أطاعني دخل الجنة، ومن عصاني فقد أبى 

ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ނުކިޔަމަންތެރިވީ މީހުން ފިޔަވައި އެންމެން ސުވަރުގެ ވަންނާނެއެވެ. ދެން ޞަހާބީން ސުވާލު ކުރެއްވިއެވެ. ނުކިޔަމަންތެރިވަނީ ކޮންބައެއްތޯއެވެ. ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިމންކަލޭގެފާނަށް ކިޔަމަންތެރިވީ ބަޔަކު ސުވަރުގެ ވަންނާނެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެނަމަ ނުކިޔަމަންތެރިވެއްޖެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް