އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެޓަރނަލް ހެލްތް މޮޑިއުލް މުރާޖައާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް: ހެލްތު މިނިސްޓަރ

މެޓަރނަލް ހެލްތް މޮޑިއުލް މުރާޖައާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް: ހެލްތު މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މާބަނޑުދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ޚާއްޞަ ކުރެވިގެން ފަރުމާ ކުރެވިފައިވާ "މެޓަރނަލް ހެލްތް މޮޑިއުލް" މުރާޖައާ ކުރުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޞީއްހަތު ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިތޯބުގައެވެ.

މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ވާރލްޑް ހެލްތ އޮގަނައިޒޭޝަން އިން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ ''ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ'' މިއެވެ.

މި ޝިޢާރުން ބާރު އަޅަނީ ދުޅަހެޔޮ ތުއްތު ކުއްޖަކު އުފަންވެ ، ޞިއްޙަތު ރަނގަޅުކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި ބޮޑުވުމުގެ މުހިއްމު ކަމަށެވެ.

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ހިދުމަތްތަކުގެ ރެކޯރޑްތައް ހަރުދަނާކަމާއިއެކު ބަލަހައްޓާ އެ މަޢުލޫމާތު ފަސޭހަކަމާއިއެކު ދުވަހުންދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކަތް ފެށިފައިވާކަންވެސް މިނިސްޓަރ ގެ ޚިތޯބުގައި ފާގަހަކުރެއްވިއެވެ.

މިގޮތުން ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް މޮނިޓަރ ކުރާ ފަރާތްތަކަށްވެސް އެއް ނެޓްވޯރކެއްގެ ތެރެއިން ފަސޭހައިން މަޢުލޫމާތު އަދާ ހަމަކުރުމަށް ބޭނުންކުރާ އޮންލައިން ޕޯރޓަލްގެ ތެރެއަށް "ނެޝެނަލް އިމިއުނައިޒޭޝަން މޮޑިއުލް" އާއި " ޗައިލްޑް ނިއުޓްރިޝަން، ގްރޯތު އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް" ތަޢާރަފުކޮށް ބޭނުންކުރެވމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

''އަދި މާބަނޑުދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ޚާއްޞަ ކުރެވިގެން ފަރުމާ ކުރެވިފައިވާ "މެޓަރނަލް ހެލްތް މޮޑިއުލް" މުރާޖައާ ކުރުމުގެ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން'' މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު މި ހިދުމަތް ހޯދާ ޢާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައްކާތެރި މައިންވަންތަކަމަށް އަދި ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް މައިންބަފައިން ބާރުވެރިކޮށް އެމީހުންގެ ދައުރު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މި ކަން ވެގެންދާނެކަމަށް ޔަޤީންކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު