އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
އަހުރެން މިވާހަކަ ދައްކަން މިއުޅެނީ އަންހެނުންނަށް ޚާއްޞަކޮށްގެންނެވެ. އެހެންވެ ފެށުމުގެ ކުރިން ފިރިހެނުންނަށްވެސް ބުނެލަން އޮތީ މޫނު ރީތިކޮށް ތާޒާކޮށް އުޖާލާކަންމަތީގައި ބަހައްޓަން ބޭނުންވާނަމަ ކުރަން އޮތީ ހަމަ މިކަމެވެ. އަންހެނުންނަށް މިވާހަކަކޮޅު ޚާއްޞަ މިކުރަނީ މޭކަޕްކުރަން އެންމެ ބޮޑު ޚަރަދެއްކުރަނީ އަދި ސަމާލުކަންދެނީވެސް އަންހެނުން ކަމަށްވާތީއެވެ.
ދުނިޔޭގެ ބާޒާރުތަކުން ލިބެންހުރި އެންމެ އަގުބޮޑު ތަކެތި ގަނެގެން މޫނުގައި އުނގުޅައި މޭކަޕްކުރެވިދާނެއެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ސެލޫންތަކަށް ގޮސް އެންމެ ބޮޑު އަގުދީގެންވެސް އެކަން ކުރެވިދާނެއެވެ. އެކަމަކުވެސް ބުނަންހެއްޔެވެ؟ އުނގުޅި ދަވާދުތައް އިރުކޮޅެއްވާއިރަށް ފިލާނެއެވެ. ފެންވަރައިލާއިރަށް އެކަން ނިމުނީއެވެ.
މޫނު ރީތިކޮށް އުޖާލާކުރަން ބޭނުންވާ މީހާ ސަޖިދަކުރުން ގިނަކުރާށެވެ. ސަޖިދައިގައި ހޭދަކުރާ ވަޤުތު ގިނަކުރާށެވެ. ރޭއަޅުކަންކުރާށެވެ! ރޭއަޅުކަމުގައި ކުރާ ސަޖިދައިގެ ވަޤުތު އިތުރަށް ދިގުކޮށްލާށެވެ! އިޚްލާޞްތެރިކަމާއިއެކު އެކަންކޮށްފިނަމަ އަނެއްދުވަހު ހެނދުނުވެސް ތިބާގެ މޫނުމަތިން އެކަންކަން ފެންނާނެއެވެ. ދުވަސްކޮޅެއްވާއިރަށް މީހުންނަށް އެކަން ފާހަގަކުރެވެންވެސް ފަށާނެއެވެ. އިން ޝާ ﷲ
އެއިރުން ތިބާގެ މޫނުން ފެންނާނީ ދަވާދުތަކެއް ނޫނެވެ. އުޖާލާކަމެވެ. ފަރިވެ ފޕ:ިވެފައިވާތަނެވެ. ތަޤްވާވެރިކަމުގެ ސިފަތަކެވެ. އެއިރުން މީހުންގެ ލޯތްބާއި ރުހުން މާބޮޑަށް ލިބޭނެއެވެ. އަދި އިރުއިރުކޮޅުން އައުކުރަން ކުލަ އުނގުޅާކަށްވެސް ނުޖެހޭނެއެވެ. ތަންތަނަށްގޮސް ބޮޑެތި ޚަރަދުތައްކުރާކަށްވެސް ނުޖެހޭނެއެވެ. ކުރަންޖެހޭނެ ކަމަކީ ސުންނަތް ނަމާދުތައް ގިނަކުރުމާއި ވީހައި ދިގުކޮށް ދަމުނަމާދުކުރުމެވެ. އަދި އެނަމާދުތަކުގެ ސަޖިދަ ވީހައި ދިގުކުރުމެވެ.
- މުފްތީ މެނކުގެ ދަރުސަކުން
Advertisement
8 އޭޕްރީލް 2025