އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު
ޒުވާންކަމުގައި ގިނަ ދުވަހު ހުންނަން ބޭނުންވެގެންނާއި ޒުވާން ސިފައިގައި ގިނަ ދުވަހު ހުންނަން ބޭނުންވެގެން ގިނަ މީހުން މިކުރާ ކަމަކީ ތަފާތު ބޭސްތައް ކެއުމެވެ. ނަމަވެސް އެކަމުން މާބޮޑު ފައިދާއެއް ނުކުރާތަނުގައި ލިބޭ ގެއްލުންތައް މާގިނައެވެ.
ކޮންމެ ބޭހަކީވެސް ކޮންމެވެސް ގެއްލުންތަކެއްވެސް ލިބޭ އެއްޗެކެވެ. ވީމާ ދިގު މުއްދަތަކަށް އެބާވަތުގެ ބޭސް ބޭނުންކުރުމުން އެތެރެހަށީގެ ގުނަވްނަތަކަށް ގެއްލުން ލިބެއެވެ. ބައެއް ގުނަވަން ފޭލްވެ މަރާމާތުވެސް ކުރަންޖެހެއެވެ. އެފަދަ ކަންކަމުން ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.
ދިރާސާތަކުން އެނގޭ ގޮތުގައި ޒުވާންކަންމަޓީގައި ހުރުމަށާއި ޒުވާން ސިފައިގައި ގިނަ ދުވަހު ކުރަން އެންމެ ފައިދާހުރި ކަމަކީ ހަށިގަނޑު ފަލަވިޔަނުދިނެވެ. ބަނޑުލިޔަނުދިނުމެވެ. އެކަން ކުރަންވެސް އޮތީ ބޭސްތަކެއް ކައިގެނެއް ނޫނެވެ. ހަށިގަނޑަށް ބޭނުންވާނެ ކަސްރަތުކޮށްގެންނެވެ.
ދެވަނަ ކަމަކަށް ގިނައިން ކެއުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި ތަކެތި ކެއުމެވެ. ކެއުން ކޮންޓްރޯލްކޮށް އެއްމިންގަނޑަކަށް ކައި ހެދުމެވެ. ބޭކާރު ތަކެތި، ތަފާތު ތައްޔާރީކާނާ ކެއުމުގެ ބަދަލުގައި ތަރުކާރީ އާއި މަސްފަދަ ބާވަތްތައް ކެއުމެވެ.
ހަށިގަނޑު ފަލަވުމަށް ފުރުޞަތު ދީފައި ހިކެން މަސައްކަތްކޮށްގެން ހިކޭނަމަ މަސްތައް ދޫވެގެންދެއެވެ. ހަމުގައި ރޫޖެހުން ގިނަވެއެވެ. މޫނުމަތިން އެކަން ފެންނަން ފަށައެވެ. ވީމާ އެންމެ މުހިންމު ކަމަކީ ފަލަވިޔަނުދީ އަދި ބަނޑުލިޔަނުދީ ހިފަހައްޓަން މަސައްކަތްކުރުމެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
Advertisement
8 އޭޕްރީލް 2025