އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި 2 ދުޢާ ކުރާ މީހަކަށް ކާމިޔާބާ އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ

މި 2 ދުޢާ ކުރާ މީހަކަށް ކާމިޔާބާ އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 10 ސިކުންތު

ހެޔޮ މަގަށް އެދިގެންނާއި ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުން އެދިގެން މަސައްކަތްކުރަމުން ގެންދާއިރު އެކަންކަމަށް އެދިގެން ދުޢާކުރުންވެސް ގިނަކުރަންވާނެއެވެ. މިގޮތުން މިރޭ މިބުނެދެނީ ޤުރްއާނުގައި ވާރިދުވެގެންވާ ދުޢާތަކުގެ ތެރެއިން 2 ދުޢާއެވެ. 

ސުލައިމާނުގެ ފުރަތަމަ ދުޢާ: 

﴿35﴾ قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ 

"އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢްމަތްތައް ދެއްވާ ރަސްކަލާނގެއެވެ."

(ޞާދް: 35) 

ދުޢާ: رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ 

މިދުޢާގައި މިވަނީ " އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ!" މިފަދައިންނެވެ. ނަމަވެސް މިހާރު މީހުން ކުރާނީ ވެރިކަމަށްވުރެ ބޮޑަށް ތަނަވަސްކަމަށް އެދިގެންނެވެ. ދުނިޔޭގައި ހުރި އެންމެ ތަނަވަސް މީހާކަމުގައި ލެއްވެވުން އެދިގެންނެވެ. 

ސުލައިމާނުގެފާނުގެ ދެވަނަ ދުޢާ: 

فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ 

ފަހެ (ސުލައިމާންގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލަހާމް ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތް ފުޅުން، އިބަރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"

(އަންނަމްލް: 19) 

މިއާޔަތުގައި ހިމެނޭ ދުޢާ:

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ 

ދުޢާގެ މާނަ:

" އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތް ފުޅުން، އިބަރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" 

ފުރަތަމަ ވެސް ބަޔާން ކުރައްވަވަން ބޭނުންފުޅުވެވަޑައިގަތީ ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމެވެ. އެއަށްފަހު އެދިވަޑައިގެންފައި އެވަނީ ތަނަވަސްކަން އިތުރުކޮށްދެއްވެވުމަކަށް ނޫނެވެ! ޑޮލަރާއި ރިޔާލައަކަށް ނޫނެވެ.  "އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ!" މިފަދައިންނެވެ. 

ދެންވެސް އެދިވަޑައިގަތީ ތަނަވަސްކަމަކަށް ނޫނެވެ. ދުނިޔޭގެ އެދުންފުޅަކަށް ނޫނެވެ. 

"އަދި އިބަރަސްކަލާނގެ ރަޙްމަތް ފުޅުން، އިބަރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" މިފަދައިންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ދެ ދުޢާއަކީވެސް ކީރިތި ޤުރްއާނުގައި ވާރިދުވެގެންވާ 2 ދުޢާއެވެ. 2 ދުޢާވެސް ކުރަމުން ގެންދަންވީއެވެ. އަހުރެން ވަޝިއްޔަތް ކުރަން ބޭނުންވަނީ ހަމަ ކޮންމެ މީހަކުވެސް ދެވަނަ ދުޢާ (އަންނަމްލް: 19) ގައިވާ ދުޢާ ވީހައި ގިނައިން ކުރަމުންގެންދިއުމަށެވެ. އަހުރެމެންނަށް ބޭނުންވާނެ ހުރިހާ ކަންކަންހެން މިދުޢާގައި ވަނީ ހިމެނިގެންނެވެ.

 

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް