އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު
ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް (ޖީސީޓީޕީ) އާއި ނޮން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވަރކްއާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ މިހާރު އުޒްބަކިސްތާނުގައި ކުރިއަށްދާ 150 ވަނަ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން އެސެންބްލީގެ ތެރެއިންނެވެ. މި އެއްބަސްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެ ޖަމުޢިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.
"މި އެއްބަސްވުމަކީ ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަށާއި ޑިޕްލޮމަސީގެ ރީތި އުޞޫލުތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްބަސްވުމެއް،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އަދި ޖީސީޓީޕީއާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރުމަކީ ލިބޭ ފަޚުރެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ފާހަގަކުރައްވާފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޖަމުޢިއްޔާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
9 އޭޕްރީލް 2025