އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާކުރާ ކަންކަން ކާމިޔާބުކުރަން ބޭނުންނަމަ ކޮންމެ ޢަމަލެއް ކުރަން ފެށުމުގެ ކުރިން ޝައިޠޯނާ ފައްސާލަންވާނެ!

ތިމާކުރާ ކަންކަން ކާމިޔާބުކުރަން ބޭނުންނަމަ ކޮންމެ ޢަމަލެއް ކުރަން ފެށުމުގެ ކުރިން ޝައިޠޯނާ ފައްސާލަންވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ޝައިޠޯނާ ފެއްސުމަކީ ކޮށް ނިމޭނެ ކަމެއް ނޫނެވެ. ފައްސައިލިޔަސް އެނބުރި އަންނާނެތީއެވެ. ނަމަވެސް ސަމާލުކަންދީގެން ފައްސައިލާނަމަ އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންކަމުން ޝައިޠޯނާ ފައްސައިލުން ވެގެންދާނީ އެކަމުގެ ސަބަބުން އެއެތީގެ ކިބައިން އެމީހަކު ސަލާމަތްކުރައްވަވާނެ ސަބަބަކަށެވެ. އިން ޝާ ﷲ

އަހަރެންގެ ވިސްނުމުގައި ކުރާ ކޮންމެކަމެއްވެސް އަދި ކުރާކޮންމެ އަޅުކަމެއް ކުރަން ފެށުމުގެ ކުރިންވެސް އަޢޫޛް ކިޔަންވާނެ އެވެ. ބޭނުމަކީ ޝައިޠާނާގެ ވަސްވާސްތަކުންނާއި ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދުމެވެ.

أعوذ بالله من الشيطان الرجيم އަކީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދި ކުރަން އޮތް ދުޢާއެކެވެ. އެދުޢާ ވީހައި ގިނައިން ކިޔަންވާނެއެވެ. އަބަދުވެސް ހުންނަންވީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދިއެދިއެވެ.

ކޮންމެ އަޅުކަމެއް ކުރަން ފެށުމުގެ ކުރިންވެސް ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދެންވާނެއެވެ. ޝައިޠޯނާ އަބަދުވެސް އެހެންނަނީ އަޅުކަން ކުރިއަ ނުދިނުމަށް ފަހަތުގައި ވިއްދައިގެންނެވެ. ނަމާދުކުރަން ފަށާއިރަށްވެސް ހިތަށް ވަސްވާސްތައްދީ ނަމާދުން ބޭރުކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ!

"ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައިވިދާޅުވާނަމަ، ފަހެ ރަޙްމަތުން ބޭރުކުރައްވަވާފައިވާ ޝައިޠޯނާގެ ކިބައިން ދުރުކުރެއްވެވުން އެދި، ﷲ ގެ ރައްކައުތެރިކަމަށް އެދި ދަންނަވާށެވެ!" (އައްނަޙްލް: 98 )

މުސްލިމުންނަކީ ކުރާ ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ކަންކަން ކުރަން ފަށާބައެކެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެންއޮތީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން ކަމުގައިވާތީއެވެ. ވީމާ އަޢޫޛްކިޔައި ޝައިޠޯނާ ފައްސައިލުމާއި ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ އެންމެ މަތިވެރި އިސްމްފުޅުން ފެށުމަކީ 2 ކަމެކެވެ. އެންމެ ފައިދާހުރި ގޮތަކީ 2 ކަންތައްވެސް ކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް