އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލިވުމުން ފުރަތަމަ ކަމަކަށްވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރާ ފަދައިން ޑޮކްޓަރަށް ދިއުމުގެ ކުރިން ދުޢާކުރަންޖެހޭ ސަބަބާ ދުޢާކުރަންވީ ޢިބާރާތް-: މުފްތީ މެންކް

ބަލިވުމުން ފުރަތަމަ ކަމަކަށްވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރާ ފަދައިން ޑޮކްޓަރަށް ދިއުމުގެ ކުރިން ދުޢާކުރަންޖެހޭ ސަބަބާ ދުޢާކުރަންވީ ޢިބާރާތް-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ކަންކަން ކުރިމަތިވުމުން ދުޢާކުރުމަކީ އެކަމަކުން އަރައިގަންނަން ކުރާ މަސައްކަތް ކާށމިޔާބުވުމުން ކުރަން އޮތް ކަމަކަށް ނުހަދާށެވެ. އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތެއް ނޫނެވެ. ރުހިވޮޑިގަންނަވަނީ ފުރަތަމަ ކަމަކަށްވެސް އެކަލާނގެ ޙަޟްރަތަށް ދުޢާކުރުމަށެވެ. 

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ދުޢާކުރަން ބުނީމާ ބައެއް މީހުންގެ ހިތުގައި ސުވާލުއުފެދެއެވެ. 

ބުނެއެވެ. "ބަލިވީމާ ފުރަތަމަ ދާންޖެހޭނީ ޑޮކްޓަރަށް ނޫންހެއްޔެވެ؟ ޑޮކްޓަރަށް ނުގޮސްހުރެ ދުޢާކުރީމާ އެއްވެސް ބައްޔަކަށް ފަރުވާ ލިބޭނެހެއްޔެވެ؟" 

މިސުވާލުގެ ޖަވާބު މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ބަލިވީމާ ޑޮކްޓަރަށް ދިއުމަކީ ކުރަންޖެހޭނެ ކަމެކެވެ. ޑޮކްޓަރުންނަށް ދައްކައި ބޭސްފަރުވާކުރަން އިސްލާމް ދީނުގައި ބާރުއަޅައެވެ. އެހެނަސް ފުރަތަމަ ކަމަކަށް އޮތީ ދުޢާކުރުމެވެ. މިފަދަ މޭރުމަކުން ދުޢާކުރާށެވެ!

"ޔާ ﷲ! އިނބަ ﷲ އީ ބަލިތަކަށް ޝިފާދެއްވަވާ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. މިއަޅާގެ މައްޗަށް އޯގާތެރިވެވޮޑިގެން މިއަލާގެ ބައްޔަށް ޝިފާ ދެއްވަވާނދޭވެ! މިއަޅާ ދައްކަން މިދާ ޑޮކްޓަރަށް މިއަޅާގެ ބަލި ދެނެގަތުމާއި މިއަޅާއަށް ޝިފާ ލިބޭނެ ބޭސް ދިނުމުގެ ކުޅަދާނަކަން ދެއްވަވާނދޭވެ! އާމީން." 

ޤަބޫލުކުރަންވީ ތިމާ ދައްކާ ޑޮކްޓަރަކީ ކިތަންމެ މޮޅު ޑޮކްޓަރެއް ނަމަވެސް އޭނާއަށް ބަލި އެނގޭނީވެސް ރަނގަޅު ބޭސްލިޔެދެވޭނީވެސް ﷲ ތަޢާލާ އެކަންކަމަށް ތައުފީޤް ދެއްވެވުމުންނެވެ. ވިސްނައިލާށެވެ. ވަރަށް މޮޅެތި ޑޮކްޓަރުންނަށް ވަރަށް އާދައިގެ ބަލިތަކުގައި ނުބައިބޭސް އެބަ ލިޔެދެވެއެވެ. މަދުންނަމަވެސް އެފަދަ ކަންކަމުގެ ސަބަބުން ދުނިޔެ ދޫކުރަންވެސް އެބަޖެހެއެވެ. 

މިފަދަ ނަޞޭޙަތް ގިނަގިނައިން ތަކުރާރުކުރަންޖެހެނީ ގިނަބައަކަށް މިމެސެޖް ފޯރާނީ ގިނަގިނައިން ހަނދާންކޮށްދިނުމުން ކަމުގައިވާތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް