އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާއަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭކަމަށް ބުނެ ފިރިމީހާ އަބަދު މައްސަލަ ޖައްސާނަމަ ރަނގަޅީ ވަކިވުންތަ؟

އަނބިމީހާއަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭކަމަށް ބުނެ ފިރިމީހާ އަބަދު މައްސަލަ ޖައްސާނަމަ ރަނގަޅީ ވަކިވުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

(އަޅުގަނޑަށް އަނބިމީހާއަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭކަމަށް ބުނެ ފިރިމީހާ އަބަދު މައްސަލަ ޖައްސާނަމަ ރަނގަޅީ ވަކިވުންތަ؟ ކުޑަކުޑަ 2 ދަރިން އެބަތިބި!

މިއީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. ތިރީގައި އެވަނީވެސް ހަމަ މިފަދަ މައްސަލައެއްގައި ކިޔުންތެރިއަކު ކޮށްފައިވާ ސުވާލަކާއި އެސުވާލަށް ދިން ޖަވާބެވެ. މަތީގައިވާ ސުވާލު ކުރެއްވި ކިޔުންތެރިޔާއަށްވެސް ނަންގަނެލަން އޮތީ ހަމަ އެޖަވާބެވެ. ދަރިން ތިބީތީއެވެ.   

އަޅުގަނޑުމެންގެ ކައިވެންޏަށް 16 އަހަރެވެ. 5 ދަރިން ވަނީ ލިބިފައެވެ. ދިރިއުޅެނީ ފިރިމީހާގެ ގޭގައެވެ. ކައިވެންޏަށް 15 އަހަރުފުރުނީ ވަރަށް އެކުވެރިކަމުގައެވެ. އެހެންވެ މިހާރު ތަޝައްރަފް ފުދުނީ ކަމަށާއި ތަޝައްރަފް ފުދި ބޮޑެތިވީމާ ދެން މާއުފަލުގައި އުޅެވޭނެ ކަމަށް ފިރިމީހާ ބުނިއަޑު މިހާރުވެސް ހުރީ ކަންފަތަށް އިވިއިވިއެވެ.  

އެކަމަކު ދަންނަވަންތޯއެވެ؟ އެބަސްތައްވީ ބޮޑު ބިލާހަކަށެވެ. އުޅެނީ އަޅުގަނޑު ވަރިކޮށްލައި ގެއިން ބޭޜރުކޮށް ނުލެވިގެންނެވެ. ހަމަ ކުއްލިއަކަށް އައި ބޮޑު ބަދަލެކެވެ. އަޅުގަނޑަށް ކުރެވޭ ހަމައެއްވެސް ކަމެއް މިހާރު ކަމުނުދަނީއެވެ. ގެއިން ނހުކުމެގެންދާންވެސް ކިތަންމެ ފަހަރަކު ބުނެފިއެވެ.  

އެހެންވީމާ މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟" 

މިޙާލަތުގައި ޖަވާބަކަށް ބުނާނީ ޖިސްމާނީ އަނިޔާ ނުކުރާނަމަ. ކާޅެއްހެން އަބަދު ބޮލުގައި ނުކޮށާނަމަ ކެތްތެރިވެލަން އަދިވެސް މަސައްކަތްކުރާށެވެ! ފިރިމީހާއަށް ޖެހިފައިވާ މުޞީބާތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ. ބޮޑެތިކުދިން ބައިވެރިކުރުވައިގެން ދުޢާކުރާށެވެ! ތުއްތުކުއްޖަކު އޮތްނަމަ އުނގައްލައިގެން އިނދެ ދުޢާކުރާށެވެ!  

ފިރިމީހާއަށް ހެޔޮ ވިސްނުން ދެއްވެވުން އެދި ދުޢާކުރާށެވެ! ފިރިމީހާ ހިލޭ އަންހެނަކާއި ގުޅިގެން އުޅޭނަމަ އޭނާއަށް ބަދުދުޢާ ނުކުރާށެވެ! ދެމަފިރިން ދުރުކުރުވުމާއި 5 ދަރިން ޔަތީމްކުރުވުމުގެ ހުރި ނުބައިކަން އޭނާއަށް ވިސްނޭތޯ ދުޢާކުރާށެވެ! އެއިރުން ﷲ ތަޢާލާ މާމަތިވެރި ނިޢްމަތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ހަމަ އެއާއިއެކު ބުނެލަން އޮތީ ޖިސްމާނީ އަނިޔާ ނުކުރިނަމަވެސް ކެތްތެރި ނުވެވޭވަރަށް  ނަފްސާނީ އަނިޔާ ކުރާނަމަ އެކަން ބައްޔަކަށްވުމުގެ ކުރިން އެެހން މަގެއް ހޯދަން މަސައްކަތްކުރާށެވެ! އެކަމުގައިވެސް އޮތީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ދެއްވެވުން އެދިގެން ދުޢާކުރުމެވެ. އިން ޝާ ﷲ އަނިޔާ ލިބޭ މީހާގެ ދުޢާ ޢިޖާބަކުރައްވަވާނެތެވެ!~ 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް