އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތުގައި ގިނައިރު ޛިކުރުކުރަން އިނުމަށްވުރެ އަނބިމީހާއަށް ނަމާދުކުރާނެ ވަޤުތު ހޯދައިދީ ނަމާދުކުރަން އެހީތެރިވުމުން ކުރާނެ ފައިދާ މާބޮޑުވާނެ!: އިން ޝާ ﷲ

މިސްކިތުގައި ގިނައިރު ޛިކުރުކުރަން އިނުމަށްވުރެ އަނބިމީހާއަށް ނަމާދުކުރާނެ ވަޤުތު ހޯދައިދީ ނަމާދުކުރަން އެހީތެރިވުމުން ކުރާނެ ފައިދާ މާބޮޑުވާނެ!: އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

މިސްކިތުގައި ޛިކުރުކުރަން އިނުމަކީ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. އެހެންކަމާއިއެކުވެސް އަހުރެން ބުނާނީ މިސްކިތުގައި ގިނައިރު ޛިކުރުކުރަން އިނުމަށްވުރެ އަނބިމީހާއަށް ނަމާދުކުރަން އެހީތެރިވުމުން ކުރާނެ ފައިދާ މާބޮޑުވާނެ ކަމަށެވެ. އިން ޝާ ﷲ 

މިހެން ބުނަންޖެހޭ ސަބަބަކީ ޛިކުރުކުރުމަކީ އެމީހަކަށް ވަޤުތުވާވަރަކުން ކުރަން އޮތް ކަމެކެވެ. ނަމަވެސް އަނބިމީހާއަށް ނަމާދުކުރާނެ ވަޤުތު ހޯދައިދީ ނަމާދުކުރަން އެހީތެރިވުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމެކެވެ. ވީމާ އެވާޖިބް އަދާނުކުރާނަމަ އެކަމަށް ޖަވާބުދާރީވާންވެސް ޖެހޭނެއެވެ. 

ފިރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަނބިމީހާއަށް ނަމާދުކުރާނެ ފުރުޞަތު ހޯދައިދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެއްކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ. 

ދެމަފިރިން އެކަނި ދިރިއުޅޭ ޢާއިލާތައް ވަރަށް ގިނައެވެ. ފިރިމީހާ މިސްކިތުގައި ކިޔަވަން އިންނަނީއެވެ. އަނބިމީހާއަށް އެކަނިވެގެން (ދަރިންނާއިހުރެ) ނަމާދުނުކުރެވިފައި ހުންނަން ޖެހެނީއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. މިސްކިތުގައި ޤުރްއާން ކިޔަވަން އިނުމަކީ މަތިވެރި އަޅުކަމެކެވެ. ހަމަ އެއާއިއެކު ވިސްނައިލަންވީ މަސައްކަތްކުރަން ޖެހޭނީ އެކަނި ސުވަރުގެ ވަނުމަށް ނޫން ކަމެވެ. މަސައްކަތްކުރަން އޮތީ ދެމީހުން އެކުގައި، ތިމާގެ އަހުލުވެރިން ގޮވައިގެން ސުވަރުގެ ވަންނަން ކަމެވެ. ވީމާ އަނބިން ލައްވައި ނަމާދުކުރުވުމާއި ނަމާދުކުރާނެ ފުރުޞަތު އަނބިންނަށް ހޯދައިދިނުމަކީ ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަންޖެހޭނެ ކަމެކެވެ. 

ގެއިން ބޭރުގައި ރައްޓެހިންނާއިއެކު ވަޤުތުތައް ބޭކާރުކުރުމުގެ ބަދަލުގައި ގެއަށް ގޮސް އަނބިދަރިންނަށް އެހީތެރިވެ އަޅައިލުމުން އެކުރެވެނީ ހަމަ އަޅުކަމެވެ. ތިމާއަށް އެކަމުގެ ޘަވާބު ދެއްވަވާނެ ކަންކަމެވެ. 

މިކަމަށްވެސް ވިސްނައިލާށެވެ!. އެކަމަކުން ތިމާއަށް ނުވަތަ ބައަކަށް ފައިދާނުކުރާނެ ބޭކާރު ވާހަކަ ދެއްކުމެއް ނެތެވެ. ބޭކާރު ވާހަކަދައްކާނަމަ ގިނައިން ދެއްކޭނީ އެވާހަކައެއް ދެއްކުމުން ފާފަވެރިވާނެ ވާހަކަތަކެވެ. ވީމާ އެކުވެރިންނާއިއެކުގައި ބޭކާރުވާހަކަދެއްކުން ވީހައި ބޮޑަށް މަދުކުރަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް