އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރުމަށްފަހު "ހަނީމޫން" ވަޤުތު ހޭދަކުރުން: މަތިވެރި ސުންނަތަކަށް!

ކައިވެނިކުރުމަށްފަހު "ހަނީމޫން" ވަޤުތު ހޭދަކުރުން: މަތިވެރި ސުންނަތަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ހަނީމޫންގެ މަޤްޞަދާ މާނަ:

ކައިވެނިކުރުމަށްފަހު ދެމަފިރިން އެކުގައި "ހަނީމޫން" ހޭދަކުރުމަކީ ކޮންމެހެން ބޮޑު ހޭދައެއް ކޮށްގެން ބޭރު ޤައުމަކަށް ނުވަތަ އަގުބޮޑުތަނަކަށް ގޮސްގެން ކުރަންޖެހޭ ކަމެއް ނޫނެވެ. ބޭނުމަކީ ދެމަފިރިން އެކުގައި ވީހާ ގިނަ ވަޤުތު ހޭދަކުރުމެވެ.  

ނަމަވެސް "ހަނީމޫން" ގެ އަޑު އިވުމާއިއެކު ގިނަބައަކަށް މާނަކުރެވެނީ އެއީ ދަތުރަކު ދިއުން ފަދަ ކަމެއް ކަމަށެވެ. ތަނަވަސްކަން ހުރިނަމަ ދަތުރަކު ދިއުމަކީވެސް ކުރަން ރަނގަޅު ކަމެކެވެ. އެއީ ދެމަފިރިން އެކުގައި ، އެެހން މީހެއްގެ އެއްވެސް އުނދަގުލެއް ނުފޯރާނެ ގޮތަށް އެދުވަސްތައް ހޭދަކުރެވޭނެތީއެވެ. ނަމަވެސް ތަނަވަސްކަން ނެތްނަމަ އެއީ ވިސްނަން އޮތް ކަމެއް ނޫނެވެ. ދެމަފިރިން އެކުގައި ވީހާ ގިނަ ވަޤުތު ހޭދަކުރުމުން އެއޮތީ "ހަނީމޫން" ފުރިހަމަކުރެވިފައެވެ. ސުންނަތް ޙާޞިލުކުރެވިފައެވެ.  

އެކަމުގެ މުހިންމުކަމާއި އެއީ މަތިވެރި ސުންނަތެއްކަން:  

ބިކުރުވެރި އަންހެން ކުއްޖަކާ ކައިވެނި ކޮށްފިނަމަ، ހަތްދުވަސް ވަންދެން އޭނަ އާއި އެކުގައި ވީހާވެސް ގިނަވަގުތު ހޭދަ ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޘައްޔިބެއްނަމަ ތިން ދުވަހެވެ. واللهأعلم

- ޖަވާވު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް