އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު
ފުރަތަމަ މިމިޘާލަށް ބަލާށެވެ! މުޖުތަމަޢުގެ އެންމެން އެއްބައިވެގެން ބޮޑު މެޑިކަލް ކޮލެޖެއް ހުޅުވީއެވެ. ލިބެން ތިބި ހުރިހާ އެންމެ މޮޅު މީހުން ޓީޗަރުން ކަމަށް ލައިގެން ކިޔަވައިދިނީއެވެ. ފަސްއަހަރު ކިޔެވުމުން ހުރިހާ ދަރިވަރުންނަށް ދޭނީ އެއް ފާހެއް ހެއްޔެވެ؟ ކިޔަވަން މަސައްކަތްކުރި ކުދިންނަށާއި ނުކިޔަވައި އުޅޭނެ ގޮތަކަށް އުޅުނު ކުދިންނާއި ހަމަހަމަ ކުރާނީ ހެއްޔެވެ؟ ހަމަޤައިމުވެސް އެއްވެސް މެޑިކަލް ސްކޫލަކުން އެކަމެއް ނުކުރާނެއެވެ.
ﷲ ތަޢާލާ ވަނީ އެންމެ މޮޅު އެދުރުން ފޮނުއްވަވައިދެއްވަވައިފައެވެ. އެއީ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނެވެ. ސިލަބަސްތައް ބާވައިލެއްވެވިއެވެ. އެންމެފަހުން ބާވައިލެއްވެވި އަދި އެންމެ ފަހުގެ ސިލަބަހަކީ ކީރިތި ޤުރްއާނެވެ.
އެހެންކަމަށްވާއިރު ޤުރްއާނަށް ޢަމަލުކުރި މީހުންނާއި ނުކުރާ މީހުން ހަމަހަމަކުރާނީ ކިހިނަކުން ހެއްޔެވެ؟ ޤުރްއާނަށް ޢަމަލުކުރި މީހުން ސުވަރުގެ ވައްދަވާފައި ޢަމަލުނުކުރާ މީހުން ނަރަކައަށް ވެއްދެވުމަކީ އެންމެ ފުރިހަމަ އިންޞާފު ނޫންކަމަށް ބުނެވޭނެ ހެއްޔެވެ؟
މީސްތަކުންނޭވެ! މިއަދު އަހުރެމެންނަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކިދާނެއެވެ. ނަރަކައަށް ލެއްވެވުމަކީ އިންބާފު ނޫންކަމަށްވެސް ބުނެވިދާނެއެވެ. އެއީ ބޭނުން ކޮންމެ އެއްޗެއް ބުނުމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވަވާފައި އޮތުމުންނެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެފުރުޞަތެއް ނުލިބޭނެއެވެ. ބުނަންޖެހޭނީ ޙައްޤު ބަހެވެ. ނަރަކައަށް ވައްދަވާ މީހުން، އެމީހުންނަށް ނަރަކައަށް ވަންނަން ޖެހެނީ އިންބާފުންކަން ޤަބޫލުކޮށްގެން ނަރަކައަށް ވަންނަނީ އެހެންވެގެންނެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
Advertisement
15 އޭޕްރީލް 2025