އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލައަށް ރުޤްޔާ ކުރިނަމަވެސް ނުވަތަ މީހަކުލައްވައި ކުރުވިނަމަވެސް އެކަމުގެ ފައިދާ ނުކުރާ ސަބަބު-

އަމިއްލައަށް ރުޤްޔާ ކުރިނަމަވެސް ނުވަތަ މީހަކުލައްވައި ކުރުވިނަމަވެސް އެކަމުގެ ފައިދާ ނުކުރާ ސަބަބު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ރުޤްޔާ އަމިއްލައަށް ކުރިނަމަވެސް އަދި މީހަކު ލައްވައި ކުރިނަމަވެސް އެކަމުގެ ފައިދާ ނުކުރާތީ، ނަތިޖާއެއް ނުފެނި ލަސްވާތީ ގިނަ ބައަކު ސުވާލުކުރެއެވެ.

އެކުވެރިންނޭވެ! ރުޤްޔާކުރުމަކުން އެކަނި ނުފުދޭނެއެވެ! ރުޤްޔާކުރާ މީހާއާއި ރުޤްޔާ ކުރެވޭ މީހާވެސް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ.

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ތިމާ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭއިރު ތިމާފުރިހަަމކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. އެއިގެ ތެރެއިންވެސް ފުރަތަމަ ކަމަކީ ތިމާގެ އިސްލާމް ކަމެވެ. ޝަހާދަތް ކިޔާލުމަކުން އަދި ފުރިހަމައެއް ނުވެއެވެ. ޝަހާދަތަށް ޢަމަލުކުރަންވެސް ޖެހެއެވެ. އެގޮތުން ފުރަތަމަ ކަމަކަށްވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާންޖެހެއެވެ.

ތިރީގައިވާ ލިޔުމަކީ އެފަދަ މީހުންނަށް އެހީތެރިވެދޭނެ ލިޔުމެކެވެ.

ރުޤްޔާކުރަންޖެހޭ ބާވަތުގެ ކަމެއް ކުރިމަތިވެގެން އަމިއްލައަށް ރުޤްޔާކުރިނަމަވެސް އަދި މީހަކު ލައްވައި ރުޤްޔާކުރިނަމަވެސް ތިމާ (ރުޤްޔާ ކުރެވޭ މީހާ) ކުރަންޖެހޭނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

1 ﷲ ތަޢާލާގެ ޙައްޤުފުޅުތަކަށް ފުރިހަމައަށް ރައްކައުތެރިވެހުރުން. ނަމާދެއް ނުއެޅުން.

ޙަދީޘްފުޅުގައިވަނީ ކާފިރުކަމާއި މުސްލިމުންނާއި ވަކިކޮށްދޭ ކަމަކީ ނަމާދު ކަމަށެވެ. ނުވަތަ ނަމާދު އެޅުންކަމަށެވެ. މީހަކު ޤަވާއިދުން ފަރުޟު 5 ނަމާދުނުކުރާނަމަ އެމީހަކަށް އެހުރެވެނީ ޝައިޠޯނާއަށް އެމީހަކާއި ކައިރިވެވޭނެ މަގުފަހިކޮށްދީގެންނެވެ.

އެފަދަ މީހުންގެ މިޘާލަކީ ޝައިޠޯނާއަށް ދައުވަތުދީގެން ގޭގެ ދޮރުތައް ހުޅުވާލާފައި ހުންނަ ގެއެއްގެ މިސާލެވެ. ބޭނުން ވަރަކަށް ވަދެފައި ނުކުންނަންވީއެވެ. އެއްވެސް ހުރަހެއް ނެތެވެ.

ފަރުޟު ފަސް ނަމާދު ޤަވާއިދުން އަދާނުކުރާ މީހާގެ ހިތަކީވެސް ހަމަ އެފަދަ އެއްޗެކެވެ. އެހިތް އެވަނީ ޝައިޠޯނާއަށްޓަކައި ހުޅުވައިލެވިފައެވެ. ވަންނާނެ އިރަކު ވަންނާނެވަރަކަށް ވަދެވަދެފައި ނުކުންނަންވީއެވެ!

ވީމާ އަމިއްލައަށް ރުޤްޔާކުރި ނަމަވެސް މީހަކު ލައްވައި ރުޤްޔާ ކުރުވިނަމަވެސް ފުރަތަމަކަމަކަށް ތިމާއަކީ ފަރުޟް 5 ނަމާދު ފުރިހަމައަށް އަދާކުރާ މީހަކު ކަމުގައިވާންޖެހޭނެއެވެ! ވީވަރަކުން ސުންނަތް ނަމާދުތައްވެސް ކޮށް ޛިކުރުކޮށް ދުޢާކުރަންޖެހެއެވެ.

ނޫންނަމަ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ނަތީޖާއެއް ހަމަ ނުފެނިދާނެއެވެ! ޑޮކްޓަރަށް ދައްކައިގެން ބޭސްކުރިނަމަވެސް އަދި ރުޤްޔާކުރިނަމަވެސް އެންމެ މުހިންމު ކަމަކީ ޝިފާއަށް އެދި ދުޢާކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް