އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތުރެއްގެ މަތީގަވީނަމަވެސް ވިތުރިއާ ފަތިސްނަމާދުގެ އިހުސުންނަތް ދޫކޮށްނުލަން މަސައްކަތްކުރަންވާނެ!

ދަތުރެއްގެ މަތީގަވީނަމަވެސް ވިތުރިއާ ފަތިސްނަމާދުގެ އިހުސުންނަތް ދޫކޮށްނުލަން މަސައްކަތްކުރަންވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ ދަތުރުމަތީގައިވެސް ވިތުރިއާއި ފަތިސްނަމާދުގެ އިހުސުންނަތް ކުރުމަކީ އެކަންކުރަން ބޭނުންވާ މީހަކަށް ތަކްލީފަކަށް ނުވާނެއެވެ. ސަބަބަކީ ވިތުރިކުރަން މުޅިޜޭގަނޑު ލިބެއެވެ. އަދި ފަތިސްނަމާދުގެ ވަޤުތަކީ މަސައްކަތްކުރާނެ ވަޤުތެއް ނޫނެވެ. ވީމާ އިހުސުންނަތް ކޮށްލުމަކީ ކުރަން ބޭނުންވާ މީހަކަށް އެއްވެސް ބުރަކަމެއް ނޫނެވެ.

"ދަމުނަމާދަކީ ސުންނަތް ނަމާދެކެވެ. އެންމެ ހެޔޮކަންބޮޑު ޢަމަލަކީ ދާއިމީ ގޮތެއްގައި ކުރެވޭ ކަންތަކެވެ. އެހެން ކަމުން ދަމުނަމާދު ދޫކޮށްނުލާ ހިފެހެއްޓުން މުހިންމެވެ." ވީމާ ވެވުނު ވަރަކުން ދަތުރުމަތީގައިވެސް ރޭއަޅުކަންކުރަން ވާނެއެވެ.

ހަނދުމަފުޅު އައުކޮށްލައްވާށެވެ! ރަސޫލް ﷺ ދަތުރުފުޅެއްގެ މަތީގައިވެސް ނުކުރައްވަވައި ދޫކޮށް ނުލައްވަވާ ސުންނަތް 2 ނަމާދެއްވެއެވެ. އެއީ ވިތުރިއާއި ފަތިސްނަމާދުގެ އިހުސުންނަތެވެ. ވީމާ ޗުއްޓީއެއްގައި ނަމަވެސް އަދި އެހެން ބޭނުމަކުނަމަވެސް ދަތުރުމަތީގައި އުޅުނަސް މި 2 ނަމާދަށް ރައްކައުތެރިވުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ކީއްހެއްޔެވެ؟ ކިތަންމެ ކުރުކޮށް ކިޔަވައި 2 ރަކްޢަތްކޮށްލިނމަވެސް ދަމުނަމާދުކުރިކަމަށް ފުދޭނެއެވެ. އަދި ވިތުރިގެ އެންމެ ރަކްއަތެއްވެސް ކުރެވިދާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/21467/not-doing-regular-sunnah-prayers-whilst-travelling-apart-from-the-sunnah-of-fajr

މަޢުލޫމާތަށްޓަކާ:

ހުކުރު ދުވަހު މެންދުރު ބަންގި ގޮވުމުން ކުރާ ސުންނަތް ނަމާދަކީ ޘާބިތު ނަމާދެއް ނޫނެވެ. މިސްކިތަށްވަދެ މިސްކިތު ސުންނަތުގެ ދެރަކްޢަތް ކުރުމުން ފުދޭނެއެވެ. واللهأعلم. --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް