އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިހުރާ އެސްފީނާ އަދި ޝައިޠޯނާގެ ނުބައިކަމުން ތިބާއަށް ގެއްލުމެއް ނުލިބި ހުރެވޭނެ މަގު-

ސިހުރާ އެސްފީނާ އަދި ޝައިޠޯނާގެ ނުބައިކަމުން ތިބާއަށް ގެއްލުމެއް ނުލިބި ހުރެވޭނެ މަގު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

މިވެނި އެކުވެރިއަކަށް މިވެނި ސިޙުރެއް ޖެހިއްޖެ، މިވެނި ބާވަތެއްގެ އެސްފިނާ ޖެހިއްޖެ ކަމުގެ ވާހަކައަކީ ގިނަބައަކު ދައްކާ ވާހަކަތަކެވެ. އެކަމުން އެނގެނީ އެއުނދަގޫ ފޯރާކަން އެންމެންވެސް ޤަބޫލުކުރާ ކަމެވެ. މައްސަލައަކަށް މިވަނީ ތިމާއަށް އެފަދަ އުނދަލެއް ފޯރައިފާނެކަމަށް ސަމާލުކަން ނުދެވޭ ކަމެވެ. ރައްކައުތެރިވާން ކުރަންޖެހޭ ކަންކަން ނުކުރެވޭ ކަމެވެ.

ވީމާ ފުރަތަމަ ކަމަކަށް ކުރަންއޮތްކަމަކީ ތިމާއަށް ރައްކައުތެރިކަން ލިބިގަތުން ނޫންހެއްޔެވެ؟ ވީމާ އަޑުއަހާށެވެ!

މީހުން އުޅޭ ގޮތަކުން އެމީހާގެ ޙަޤީޤީ ޙާލަތެއް ނުއެނގޭނެއެވެ. އެހެނީ ގައިގައި ވޭން އެޅިނަމަވެސް ހިނިތުންވާން މަސައްކަތްކުރާނެ މީހުން ތިބޭނެއެވެ. އެއިގެ އިތުރުން ޝައިޠޯނާ ތިމާގެ މައްޗަށް ގަދަވެގެންފައިވީނަމަވެސް އެކަންވެސް ނުއެނގޭނެ ބައަކު ތިބޭނެއެވެ. އެއީ މަދު ބައެއް ނޫނެވެ. އެއީ ގިނަ ބައެކެވެ. ނުބައި ޢަމަލުތައް ކުރެވޭއިރު އެކަން އިޙްޞާޞް ނުކުރެވޭ ސަބަބަކީވެސް ހަމަ އެއީއެވެ.

މުޖުތަމައުގެ އާބާދީއަށް ބަލައިފިނަމަ ގިނަ މީހުންނަކީ ކޮންމެވެސް ގޮތަކުން ސިހުރު ، އެސްފީނާ ނުވަތަ އިބިލީހުގެ މަޅިތަކުގައި ޖެހި ތާށިވެފައިވާ ބައެކެވެ. ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިނަމަވެސް ބައެއް މީހުންނަށް ރައްކައުތެރިކަމެއް ނުލިބެއެވެ. އެހެންކަމާއިއެކުވެސް ގިނަ މީހުންނަށް ރައްކައުތެރިކަން ނުލިބެނީ ސުންނަތަށް ޢަމަލުނުކުރާތީއެވެ!

ބައެއް މީހުން އެއްގޮތަކަށްވެސް ސުންނަތަށް ޢަމަލުކުރަން ބޭނުމެއް ނުވެއެވެ. އެފަދަ މީހުންނަށް ޛިކުރުކުރުމާއި ހަށިރައްކަލަށް ކުރަންޖެހޭ ކަންކަމެއް ނުކުރެވޭނެއެވެ. އެއީ އެކަންކަން އަހަރެމެންނާއި ހަމައަށް އައިސްފައި މިވަނީ ސުންނަތުން ކަމުގައިވާތީ އެވެ. ޙަދީޘްފުޅުތަކުން ކަމުގައިވާތީއެވެ.

ޙަޤީޤަތުގައި މީހާ ދިފާޢުކޮށް ޙިމާޔަތްކުރެވޭނެ ހުރިހާ ބާރުތަކެއް ލިބެން މިއޮތީ ސުންނަތުންނެވެ. ޙަދީޘްފުޅުތަކުންނެވެ. އެހެނީ ސިހުރާއި އެސްފީނާ އާއި އަދި އިބިލީހުގެ ނުބައިކަމުން ސަލާމަތްވެވޭނެ މަގު އެނގެން އޮތީ ސުންނަތުންނެވެ. ޙަދީޘްފުޅުތަކުންނެވެ. ޙަދީޘްފުޅުތަކުގައިވާ ޛިކުރުތަކުންނެވެ!

ސިހުރާއި އެސްފީނާ އަދި އިބިލީހުގެ ކިބައިންވެސް ތިބާއަށް ސަލާމަތާ ރައްކައުތެރިކަން ލިބޭނެ ފާރަކީ ނުވަތަ އައްޑަނައަކީ ކީރިތި ޤުރްއާނާއި ރަސޫލް ﷺ ގެ ސުންނަތެވެ. އެކަންކަމުން ސަލާމަތްވާން ކިޔަވަންވީ ސޫރަތްތަކާއި ކިޔަންވީ ޛިކުރުތައް ކިޔާށެވެ. އެފާރު ލެވޭނީ އެއިރުންނެވެ. ތިބާ އެފާރުލައިފިނަމަ ތިބާ ހުންނާނީ އެފަދަ ހުރިހައި ކަންކަމުން ރައްކައުތެރިކަން ލިބިގެންނެވެ. އެފާރު ފޫއަޅުވައިލުމުގެ ބާރު އިންސިއަކަށްވެސް ޖިންނިއަކަށްވެސް ޝައިޠޯނަކަށްވެސް ލިބިގެނެއް ނުވެއެވެ. އިން ޝާ ﷲ

ނަމާދު ނިމުމުން މިސްކިތުގައި ނުވަތަ މުސައްލަ މަތީގައި އިރުކޮޅަކަށް ނަމަވެސް މަޑުކޮށްލެވެނީ ވަރަށް މަދު މީހަކަށެވެ! އެހެން ނުހަދާށެވެ! ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާލަން ނަގާނީ 10-15 މިނިޓެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެ ވަޤުތުކޮޅުގެ ބޭނުން ހިފާށެވެ! އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް