އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން އެކަކު އަނެކަކަށް ދޮގުހަދާނަމަ ކައިވެނި ރޫޅުން އަވަސްވާކަމާ އެކަމުގެ ސަބަބު އެނގޭތަ؟

ދެމަފިރިން އެކަކު އަނެކަކަށް ދޮގުހަދާނަމަ ކައިވެނި ރޫޅުން އަވަސްވާކަމާ އެކަމުގެ ސަބަބު އެނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދޮގުހަދަން ބިރުގަންނަނީ ހަމަ ހާހަކުން މީހެކެވެ. ދޮގުހެދުން ޢާންމުވަމުން ގޮސް ދޮގުހެދުމަކީ ކުރެވޭ ފާފައެއް ކަމަށް ޤަބޫލުކުރަނީވެސް އެހައިމަދު މީހަކު ކަމަށް ބުނަން މިޖެހެނީ އެހެންވެގެންނެވެ.  

އެހެންކަމުން ދޮގުހެދުމުން ދެން ކަންކަން މެދުވެރިވާ ގޮތާއިމެދު ވިސްނައިލަމާހިނގާށެވެ!  

ފުރަތަމަ ކަމަކީ ޝައިޠޯނާގެ އުނދަގޫތައް ބޮޑުވާނީ ދޮގުވެރިންނަށާއި ފާފަކުރާ މީހުންނަށްކަން ޤުރްއާނުން އެނގެން އެބައޮތެވެ. މިޘާލަކަށް ތިބާ ދޮގެއް ހެދީއެވެ. އެދޮގުގެ ސަބަބުން ތިބާ ސަލާމަތްވާން ބޭނުންވި ކަންތަކުން އެވަޤުތައް ސަލާމަތްވެވިދާނެއެވެ. ނަމަވެސް ޝައިޠޯނާގެ އުނދަގޫތަކުން ސަލާމަތެއް ނުވެވޭނެއެވެ.  

އެމީހަކަށް ޝައިޠޯނާގެ ވަސްވާސްތައް ފޯރަން ފަށާނެއެވެ. އޭތީގެ އުނދަގޫތައް ބޮޑުވެގެންދާނެއެވެ. ވަސްވާސްދީގެން ތިމާއަށް ދުނިޔެއާއި އާޚިރަތުގަ ގެއްލުން ލިބޭނެ އެތައްކަމެއް ކުރުވާނެއެވެ. މީހާ ނިކަމެތިކޮށްލުވާނެއެވެ. އަޅުވެތިވެސް ކޮށްލުވާނެއެވެ.

ވީމާ ދެމަފިރިން ކަމުގައިވީނަމަވެސް އެކަކު އަނެކަކަށް ދޮގުނުހަދާށެވެ. ދެމީހުން އެކަކު އަނެކަކަށް ދޮގުހަދަންފަށާއިރަށް ދެމެދަށް ޝައިޠޯނާ ވަދެގަންނާނެއެވެ. ދޮގެއް ހަދާލައިގެން ސަލާމަތްވެވޭނެ ކަމުގެ ވަސްވާސްދީގެން ފާފަތައް ކުރުވަން ފަށާނެއެވެ. ފާޙިޝް ޢަމަލުތައް ކުރަން ހިތްވަރުދޭނެއެވެ.  

ރަނގަޅަށް ޝައިޠޯނާގެ އަތްދޮށުލެވޭއިރަށް ބޭޒާރުވެސްކޮށްލުވާނެއެވެ. އެހިސާބުން ކައިވެނި އޮންނާނީ ރޫޅާލަންޖެހިފައެވެ. އެއީ ޝައިޠޯނާ އެންމެ އުފާކުރާ ކަންތަކެވެ. އެހެންވީމާ މިކަމުގެ ލައިފްސައިކަލަށް ބަލައިފިނަމަ މައްސަލަ މިފެށެނީ އެއީ ދާދި ކުޑަކުޑަ ކަމެއް ކަމަށް ބަލައި ހަދައިލެވޭ ފޮގަކުންނެވެ. މައްސަލަ ނިމިގެން މިދަނީ ޒަވާޖީ ޙަޔާތް ހަލާކުވެ، އުފަލުން އުޅެމުން އައި ދިރިއުޅުން ގެއްލި ކައިވެނިވެސް ރޫޅި މީހާ ނިކަމެތިވެގެންނެވެ. އަދި ބޮޑެތި ފާފަތައް ކުރެވޭ މީހަކަށްވެސް ބަދަލުވެގެންނެވެ.  

ވީމާ ދޮގުހެދުމަކީ އެއްވެސް ކަމެއް ނޫންކަމަށް ނުދެކޭށެވެ! އެއީ ހަަމ އެންމެ ބޮޑަށް ގެއްލުން ލިބޭ އެންމެ ބޮޑު އެއް ފާފައެވެ. ފާފަކުރަން ހުޅުވައިލެވޭ ދޮރެކެވެ! އަދި ތިމާމެންގެ ދިރިއުޅުމުގެ ތެރެއަށަ ވަދެގަންނަން ޝައިޠޯނުންނަށް ހުޅުވާލަދެވޭ ދޮރެއްވެސްމެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް