އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރްއާނަށް ބަދަލު ގެނައުމަކީ ހަމައެކަނި ދެލިގަނޑު ބަދަލުކުރުމެއް ނޫން! މިއީ ބިރުވެތިވާންޖެހޭނެ ކަމެއް!

ކީރިތި ޤުރްއާނަށް ބަދަލު ގެނައުމަކީ ހަމައެކަނި ދެލިގަނޑު ބަދަލުކުރުމެއް ނޫން! މިއީ ބިރުވެތިވާންޖެހޭނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ވިސްނާލަން ޖެހޭނެ އެއްކަމަކީ ކީރިތި ޤުރްއާން ބާވައިލެއްވެވުނު ސަބަބާއިމެދުގައެވެ.  

"މި މިޤުރްއާނަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް ތަބަޢަވާށެވެ! އަދި ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައެވެ."

(އަލް އަންޢާމް: 155) 

މިއާޔަތުން ވަރަށް ސާފުކޮށް އެނގެން މިއޮތީ ޤުރްއާން ބާވައިލެއްވެވުނީ އެއާއިމެދު އަމިއްލަ ގޮތްތައް ނެރެން ނޫންކަމެވެ. އޮތީ ފުރިހަމަ ގޮތުގައި ތަބަޢަވުންކަމެވެ. ބަހަނާތައް ދައްކައި އޭގައިވާ އެންމެ އަކުރަކަށްވެސް ބަދަލުގެންނަން ނޫންކަމެވެ.  

މިހެން ބުނީމާ އަހުރެމެން ޤުރްއާނަކަށް އެއްވެސް ބަދަލެއް ނުގެންނަމޭ ބުނެފާނެވެ. ޤުރްއާނަށް ބަދަލުގެނައުމުގެ ހަމައެކަނި މާނައަކީ އެފޮތުގެ ދެލިގަނޑު ބަދަލުކުރުމެއް ނޫނެވެ. އެއިގައިވާ ޙުކުމްފުޅުތައް ޤަބޫލުނުކޮށް ޢަމަލުނުކުރުންވެސް ހިމެނޭނީ ބަދަލުގެނައުމުގެ މާނައިގައެވެ.  

"އަދި ތިޔަބައިމީހުން ތަޤްވާވެރިވާށެވެ!" އޮތުމުގެ މާނައަކީ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. ވީމާ ޤުރްއާނުގައިވާ އެއްވެސް ކަމަކަށް ޢަމަލުނުކޮށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ނުވެސް އޮންނާނެއެވެ.  

އަދިވެސް ވަޙީކުރައްވަވާފައިވެއެވެ.  

" އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތބަޢަ ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަ ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ތަޤްވާ ވެރިވުމަށްޓަކައެވެ." 

" ދެން ހެޔޮޢަމަލް ކުޅަ މީހާއަށް (ނިޢްމަތް) ފުރިހަމަކޮށް ދެއްވުމަށާއި، ކޮންމެ ކަމެއް ތަފްޞީލްކޮށް ބަޔާންކޮށްދެއްވުމަށާއި، ހިދާ ކަމުގައްޔާއި، ރަޙްމަތެއް ކަމުގައި، ތިމަންރަސްކަލާނގެ މޫސާ ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް، އެއުރެން އީމާންވުމަށްޓަކައެވެ.)

(އަލް ޢަންޢާމް: 153،154)  

ހަމައެކަނި މިމިންވަރުންވެސް ކީރިތި ޤުރްއާން ބާވައިލެއްވެވި މަޤްޞަދާއި ޢަމަލުކުރަންޖެހޭ ގޮތް ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ. ވީމާ ޤުރްއާން ކިޔަވައި އުނގެނޭށެވެ. އަދި ޢަމަލުވެސްކުރާށެވެ. ކީރިތި ޤުރްއާން ކިޔެވުމަކީ އެއީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް